ENGLISH

06 ޖުލައި 2025

Advertisement

އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

28 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ބިދޭސީންނާ ގުޅިގެން ފައިސާގެ ނާޖާއިޒު ފައިދާ ހޯދުމުގެ އިތުރުން ގަވާއިދާ ޚިލާފު ކަންތައްތަކެއް ހިންގާ ކަމުގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަން ސާވިސްގެ ފަސް މުވައްޒަފެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. 

މި މަޢުލޫމާތު ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓި، އެ ފަރާތްތަކުގެ ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވިފައިވެއެވެ.

"މިފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަމެއް ނޫން " - ވަޒީރު ޢަލީ އިޙްސާން

އަދި މި މައްސަލައިގެ އިތުރު ތަފްސީލުތައް ތަޙުޤީޤު ކުރިއަށްދާ ވަރަކުން ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތް ކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ޤާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމެކެވެ.

"ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެންމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވަން" - ވަޒީރު ޢަލީ އިޙްސާން

ކިޔުންތެރިންގެ ހިޔާލު