ENGLISH
06 ޖުލައި 2025
ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމު ނުކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި
28 ނޮވެމްބަރު 2024
|
ކުޑަކުދިންތަކެއް ސްކޫލު ޔުނީފޯމްގައި. ފޮޓޯ: ޔުނިސެފް މޯލްޑިވްސް
ކުޑަކުދިންގެ ޒާތީ މައުލޫމާތުތައް އާންމު ނުކުރުމަށް އަނެއްކާ ވެސް އިލްތިމާސްކޮށްފިއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުމުގެ ބަޔާނެއްގައިވާ ގޮތުގައި ޤާނޫނު އަސާސީ އާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާޙަދާ ތަކުގައި، ކުޑަކުދިންނަކީ ހާއްސަ ރައްކާތެރި ކަމެއް ލިބެން ޖެހޭ ބައެއް ކަމުން، އެކުދިންނަށް ލިބިދާނެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުން ރައްކާތެރިކުރުމަކީ ދިވެހި ދަޢުލަތުގެ ޒިންމާއެކެވެ.
އެހެން ނަމަވެސް، ކުޑަކުދިންގެ ހައްޤުތަކަށް ފުށުއަރާ ގޮތަށް ބައެއް މީޑިއާތަކުން އެކުދިންގެ ޒާތީ މައުލޫމާތު ހާމަކުރަމުން ދާތީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"މިފަދަ ކަންކަމަކީ ކުއްޖާގެ ކަރާމާތާއި ރައްކާތެރި ކަމަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކަމާއި މި ގޮތަށް މައުލޫމާތު އާއްމު ކުރުމަކީ މިކަމުގެ ސަބަބުން ކުޑަކުދިންގެ މަސްލަހަތު ރައްކާތެރި ނުކުރެވި، ކުއްޖާ އަނިޔާއަކަށް އަދި ނުރައްކަލަށް ނުވަތަ ގޯނާއަކަށް ހުށަހެޅިދާނެ ކަމެއްކަމުގައި ދެކެމެވެ." ބަޔާނުގައި ވެއެވެ.
ކުށުގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންނާއި ނާޒުކު ހާލަތުގައި ތިބި ކުދިންގެ މައުލޫމާތު އާއްމު ކުރަން އޮމްބަޑްސްޕާސަންގެ އޮފީހުން ހުއްދަކުރާ މިންވަރާ ހިލާފަށް ސީދާ އަދި ނުސީދާ ގޮތުން ކުޑަކުދިންގެ ޒާތީ މައުލޫމާތު އާއްމުކުރުމުގެ މައްސަލައެއް އެ އޮފީހުގެ ސަމާލު ކަމަށް އައިސްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.