ENGLISH
08 އޮކްޓޯބަރު 2025
ބައިލައްކައަށްވުރެ ގިނަ ފައިސާ ހުރި ފޮއްޓެއް ގެއްލުން: ރިޕޯޓްކުރިތާ 30 މިނެޓްތެރޭ ހޯދައިފި
07 އޮކްޓޯބަރު 2025
|
ބައިލައްކައަށްވުރެ ގިނަ ފައިސާ ހުރި ފޮއްޓެއް ގެއްލިގެން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރިތާ ގިނައިރުތަކެއް ނުވެ ގެއްލުނު ފައިސާތައް ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.
އިއްޔެގެ މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ގެއްލިފައިވަނީ ރިސޯޓެއްގެ ސްޓާފް ޝޮޕްގެ ސެޕްޓެމްބަރު މަހުގެ ސޭލްސް ފައިސާ ކަމަށްވާ 53،000 ރުފިޔާ ހުރި ފޮއްޓެކެވެ. މި ފޮށި ގެއްލިފައިވަނީ އެ ރިސޯޓުން މާލެ އައި ލޯންޗު ނަސަންދުރަ ކައިރިއަށް ފައިސާތަކާއެކު ފޮށި ބާލާފައިވަނިކޮށެވެ.
މި މައްސަލަ ހޭންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފޮށި ހޯދުމަށް ސީސީޓީވީ ކެމެރާ ފުޓޭޖްތައް ބަލައި، ކުރި މަސައްކަތުން މައްސަލަ ހުށަހެޅުނުތާ 30 މިނިޓެއް ހާއިރުތެރޭގައި ވަނީ އެ ފޮށި ހޯދާފައެވެ. މި ފޮށި ފެނިފައިވަނީ އެހެން ލޯންޗަކަށް އަރުވާފައިވަނިކޮށެވެ.
މި ފައިސާތައް މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.