ENGLISH

19 ޖޫން 2026

Advertisement

ރައްޔިތުންނަށް އޮޅުވާލައިގެން އެމްޑީޕީން ކުރިއަށް ގެންދިޔައީ "ދޮގު ބުރާސްފަތި": ފަތުހީ

19 ޖޫން 2026

|

އައިމިނަތު ޝަފާ

ފަތުހީ އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި.

ރައްޔިތުންނަށް އޮލުވާލައިގެން އިިދިކޮޅު އެމްޑީޕީން ރޭ ކުރިއަށްގެންދިޔައީ "ދޮގު ބުރާސްފަތި" ކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުހީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަމަށް ބުނެ ރޭ އެމްޑީޕީން ވަނީ "ވަޒީފާ ބުރާސްފަތި" ނަމުގައި އިހުތިޖާޖެއް މާލޭގައި ބާއްވާފައެވެ. 

ސިޔާސީ ހިޔާލުތަފާތުވުންތަކުގައި  އެންމެ ގިނަ އަދަދަކަށް މީހުން ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ ސަރުކާރުތަކުގައިކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލު ދެއްވަމުން އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ފަތުހީ ވިދާޅުވީ އެމްޑީޕީއަކީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށެވެ.

"އަޅުގަނޑު ކިޔަން ބޭނުންވަނީ "ދޮގު ބުރާސްފަތި"، އެމްޑީޕީން ނުކުމެ ހަމަ ދޮގު ހަދައިގެން ފިތުނަ އުފައްދައިގެން ރައްޔިތުން ޖަޒުބާތުގައި ޖައްސައިގެން އުޅެނީ، މުހައްމަދު ނަޝީދު ނަހަދާނެ ތެދެއް،". ފަތުހީ ވިދާޅުވިއެވެ. 

އެމްޑީޕީއަކީ މި ގައުމަށް ކުރިމަތިވެފައިވާ މުސީބާތެއްކަމަށާއި ގައުމުގެ ސަލާމަތަށް ވެސް އޮތް ބޮޑު ނުރައްކަލެއްކަމަށް ވިދާޅުވިއެވެ.

ފަތުހީ ވަނީ މި ވެރިކަމާ އެމްޑީޕީގެ ވެރިކަންތަކާ ހުރި ތަފާތުވެސް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުތަކުން ކުރި ނޭއްގާނީ ކަންކަން ކުރުމުގެ ބަދަލުގައި އަދުގެ ސަރުކާރުން ދަނީ ގައުމީ މައްސަލަތަކަށް ހައްލު ގެނެސްދެއްވަމުންކަމަށް ވިދާޅުވިއެވެ. އެމްޑީޕީން މިއަދު އެފަދަ ވާހަކަތައް ދައްކައިގެން ގައުމު ހަލަބޮލި ކުރަނީ ގައުމީ މައްސަލަތަކަށް ހައްލުގެނެސްދޭތީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔެން ނެތުމުންކަމަށް ފަތުހީ ވިދާޅުވިއެވެ.

އެގޮތުން ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ރާއްޖެއަށް ޕޭޕަލް ގެނެސް ޒުވާނުންނަށް ފަހި ފުރުސަތުތައް ފަހިކޮށްދިނުމަކީ އިދިކޮޅު ފަރާތްތަކަށް އެކަން ބަލައި ނުގަނެވި މިފަދަ ދޮގުތައް ހެދުމަށް މަގުފަހިވި ކަންކަންކަން ފަތުހީ ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު