ENGLISH
19 ޖޫން 2026
ސިޔާސީ ފިކުރަށް ބަލައިގެން ވަޒީފާއިން ވަކިކުރުމުގެ ސަގާފަތެއް އުފެއްދީ އެމްޑީޕީން: މެމްބަރު އަބްދުއްސައްތާރު
19 ޖޫން 2026
|
މެމްބަރު އަބްދުއްސައްތާރު މުހައްމަދު
އެންމެ މަޤްބޫލު
ސިޔާސީ ފިކުރަށް ބަލައިގެން ވަޒީފާއިން ވަކިކުރުމުގެ ސަގާފަތެއް މި ރާއްޖޭގައި އުފެއްދި ބަޔަކީ އިދިކޮޅު އެމްޑީޕީކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި "ވަޒީފާ ބުރާސްފަތި" ނަމުގައި ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އަދި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ ވެރިކަމުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެތައް ބަޔަކު ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.
އެގޮތުން ހޮޅުދޫ ދާއިރާއަށް ނިސްބަތްވާ ހޮޅުދޫ އަދި މިލަދޫ އިން އެކަނިވެސް އަށް މީހަކު ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ވިދާޅުވިއެވެ.
"ފެނަކައިން ފަސް މީހުން ކަނޑާލި، ކޮންތާކުންތޯ ނުކަނޑާނީ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ކަނޑާލި، މިއީ އިންސާނީ ހައްގުތައް ހޯދައިދޭން އޮތް ތަން، މިތާ ތިބި އެމީހުންގެ އެކްޓިވިސްޓުން އެތާ ތިބި މުވައްޒަފުންވެސް ކަނޑާލީ،". މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީން ފެނަކައިން ކަނޑާލި މީހުންނަށް އަލުން އަނބުރައި ވަޒީފާ ދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ޒައާމަތުގައިކަމަށް މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ފެނަކައިން މީހުން ކަނޑާލީ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ އެންމެ މާއްދާއެއް ބަދަލުކޮށްގެންކަމަށާއި ބަދަލުކުރި ގަވާއިދު ހިންގަމުންއައީވެސް އެމްޑީޕީން ބޭނުންވި ވަކި ބްރާންޗްތަކަށް ބޭނުންވި ވަކި މުވައްޒަފުންގެ މައްޗަށްކަމަށް މެމްބަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއަދު ވަޒީފާއިން މީހުން ވަކިކުރާކަމަށް ބުނެ މަގުމައްޗަށް ނިކުތުމުގެ ހައްގެއް އެމްޑީޕީއަކަށް ނެތްކަމަށް ވިދާޅުވިއެެވެ.
" މި އަށް އާއިލާ ހުރިހާ ކޯޓެއްގައި ޓަކި ޖަހައި ވަޒީފާދޭން އެންގީމަވެސް ނުދިނޭ، މިވަރުގެ ބަޔަކު ނުކުމެ ވަޒީފާއޭ ކިޔައިގެން ވާހަކަދެއްކީމަ އެމީހުންގެ ނެތެއް ނޫންތޯ ލަދުގެ ކަންފުޅެއްވެސް،". މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ވާހަކަ ދައްކަވަނީ ހެއްކާއެކުގައިކަމަށާއި ކޯޓުތަކުންވެސް މިކަން ސާބިތުވާނެކަމަށެވެ.