ENGLISH

19 ޖޫން 2026

Advertisement

ކީ ސްޓޭޖް 1ގެ ދަރިވަރުންނަށް ދިވެހި، އިސްލާމް އަދި ހިސާބު ކިޔަވައިދޭ ވަގުތު އިތުރުކުރަނީ

19 ޖޫން 2026

|

އައިމިނަތު ޝަފާ

ކީ ސްޓޭޖް 1ގެ ދަރިވަރުންނަށް ދިވެއްސާއި އިސްލާމާއި ހިސާބު ކިޔަވައިދޭ ވަގުތު އަންނަ އަހަރު އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ތައުލީމާ ބެހޭ ވަޒީރު، ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އަމީނިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ރޭ އެމަނިކުފާނު ވިދާޅުވީ، 2015 ވަނަ އަހަރު އައު މަންހަޖަށް ކިޔަވައިދޭން ފެށިފަހުން މިއަދާ ހަމައަށް އައިއިރު އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައި ނުވާ ކަމަށެވެ. އެހެންވެ ކަރިކިއުލަމުގެ ކޮންޓެންޓް ތަރުތީބުވެފައިވާ ގޮތް އަލުން ބަލައި، ކޮންޓެންޓް ތަރުތީބުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އައު ކަރިކިއުލަމުގައި ކިޔަވަން ފެށި ކުދިން ގުރޭޑް 10 ނިންމީ 2025-2026 ވަނަ އަހަރުގެ ތެރޭގައެވެ. އެ މުއްދަތުގެ ތެރޭގައި  ލިބުނު ނަތީޖާތަކުގެ މައްޗަށް ބަލައި ރިވިޝަންތަކެއް ހަދަމުން އަންނަކަމަށް ވަޒީރު، ޑރ. އިސްމާއިލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިހާރަށްވުރެ ގިނަ ވަގުތު ދިވެހި މާއްދާއާއި އިސްލާމް މާއްދާއާއި ހިސާބު މާއްދާ ކިޔަވަން، އަދި އެކިއެކި ބަސްތައް ދަސްކުރާ މިންވަރަށް ވެސް ވަގުތު އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު