ENGLISH

19 ޖޫން 2026

Advertisement

ޝޮޓް ޕުޓް އުކުމުގެ ޤައުމީ ރިކޯޑު ޝާޔާ އައުކޮށްފި

19 ޖޫން 2026

|

އިސްމާއިލް ޝާހު

ޤައުމީ އެތުލެޓިކްސް މުބާރާތުގައި އައިޝަތު ޝާޔާ ޝަފީއު ޝޮޓް ޕުޓް އުކުމުގެ އިވެންޓުގެ ތެރެއިން --- ފޮޓޯ: އެތުލެޓިކްސް އެސޯސިއޭޝަން

މިހާރު ކުރިއަށްދާ 35 ވަނަ ޤައުމީ އެތުލެޓިކްސް މުބާރާތުގައި ޓްރެކް އެންޑް ފީލްޑް އެެސޯސިއޭޝަންގެ އައިޝަތު ޝާޔާ ޝަފީއު، ޝޮޓް ޕުޓް އުކުމުގެ ޤައުމީ ރިކޯޑު އައުކޮށްފިއެވެ.

މި ރިކޯޑު މީގެ ކުރިންވެސް އޮތީ ޝާޔާގެ އަތުގައެވެ. އެއީ މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގައި 9.80 މީޓަރު ދުރަށް އެއްލައިގެންނެވެ. އެކަމަކު މި އަހަރުގެ ޤައުމީ މުބާރާތުގައި އިއްޔެ ޝާޔާ އެ ރިކޯޑު އައުކުރީ އިތުރު 40 ސެންޓިމީޓަރު ދުރަށް އެއްލައި، 10.20 މީޓަރަށް ކުރިއަށް ޖައްސާލައިގެންނެވެ.

ޝާޔާ ވަނީ މި ފަހަރުގެ އެތުލެޓިކްސް ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމުވެސް ހޯދާފައެވެ.

މިހާރު ކުރިއަށްދާ ޤައުމީ މުބާރާތުގައި ޝާޔާ ޤައުމީ ރިކޯޑެއް އައުކުރިއިރު، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 153 އެތުލީޓުން ވާދަކުރެއެވެ. އެއީ ޖުމްލަ 19 ކުލަބަކަށް ނިސްބަތްވާ އެތުލީޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު