ENGLISH

28 އޮކްޓޯބަރު 2025

Advertisement

ހަންޏާމީދޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި އިތުރު މަޝްރޫޢުތަކެއް ފަށައިފި

07 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ހަންޏާމީދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އދ. ހަންޏާމީދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ކުޅިވަރާއި ހަށިހެޔޮކަމާ ގުޅޭ ދެ މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ. 

ހަންޏާމީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ. 

ހަންޏާމީދޫގައި ފިޓްނަސް ސެންޓަރު އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ހަންޏާމީދޫގައި ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ކުރިއަށްގެންދަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމާއި އެރަށުގައި ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތެވެ. ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވައި، ވޮލީ ކޯޓުގެ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. 

ހަންޏާމީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އެރަށުގައި އަލަށް އިމާރާތްކުރި ކައުންސިލް އިދާރާ ރަސްމީކޮށް ހުޅުއްވައިދެއްވިއެވެ. އަދި، އެ އިދާރާގައި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ހަންޏާމީދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ވެސް ބައްދަލުކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަންޏާމީދޫ ހިމެނޭ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޠާރިގު ބައިވެރިވަޑައިގަތެވެ. 

ކިޔުންތެރިންގެ ހިޔާލު