ENGLISH

29 އޮކްޓޯބަރު 2025

Advertisement

ރައީސް މުޢިއްޒުފަދަ އިޚްލާސްތެރި، އޯގާތެރި ރައީސަކު 2008ގެ ފަހުން ރާއްޖެ ނުދެކޭ: ޤާސިމް

07 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ ޖަލްސާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދައިން އިޚްލާސްތެރިކަމާއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅަކު 2008 ވަނަ އަހަރުގެ ފަހުން ރާއްޖެ ދެކެފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, މާމިގިލީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވެވި ޖަލްސާގައި ޤާސިމް ވިދާޅުވީ ރައީސް މުޢިއްޒުއާ މެދު އެފަދަ ވާހަކަފުޅެއް ވިދާޅުވާން ޖެހިވަޑައިގަތީ ހަޤީޤަތަކަށް ވާހަކަ ދައްކަވަން ބޭނުންފުޅުވާތީ ކަަމަށެވެ.

އެމަނިކުފާނަކީ ރައީސް މުޢިއްޒުގެ ސިޔާސީ ޕާޓީއަށް އެއްވެސް އިރަކު ނިސްބަތްވި ބޭފުޅެއް ނޫން ކަމަށާ ނަމަވެސް 2008 ގެ ފަހުން ރާއްޖޭގެ ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ރައީސް މުޢިއްޒު ފަދައިން އިޚްލާސްތެރިކަމާއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅަކު ެ.ނެތް ކަމަށް ވިދާޅުވި އެވ

"މިހާތަނަށް އަޅުގަނޑު ނުދެކެމޭ 2008 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި އެއްވެސް ބޭފުޅަކު ތިހާ އިޚްލާސްތެރިކޮށް -- ޑރ. މުހައްމަދު މުޢިއްޒުއަށް ވުރެ އިޚްލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު މިހާތަނަށް އަދާކުރައްވާ ބޭފުޅެއް އަޅުގަނޑު ނުދެކޭ," ޤާސިމް ވިދާޅުވި އެވެ.

އަނިޔާވެރިކަމެއް ނެތް އޯގާތެރި ވެރިއެއް

ޤާސިމް ވިދާޅުވީ ރައީސް މުޢިއްޒަކީ އަނިޔާވެރިކަމެއް ނެތް އޯގާތެރި ވެރިއެއް ކަމަށެވެ. އެކަން 2008 ގެ ފަހުން ނިމިގެންދިޔަ ވެރިކަންތަކުގައި ހިނގާފައިވާ ކަންކަން ބަލާލުމުން ފެންނަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

އެއް ކަމަކަށް ފާހަގަ ކުރެއްވީ ރައީސް މުޢިއްޒުގެ ޚުލުޤުފުޅުގެ ހެޔޮކަމެވެ. ވިދާޅުވީ ރައީސް މުޢިއްޒު އެއްވެސް ބޭފުޅަކަށް ކުޑައިމީސްކޮށް އެއްޗެއް ވިދާޅުވާ އަޑު ނާއްސަވާ ކަމަށެވެ.

ވެރިކަމަށް ދެ އަހަރުވާން ދާއިރު އަނިޔާވެރިކަމާއެކު ދަމާ ކޫއްތާފައި ގެންގޮސް އެއްވެސް ބޭފުޅަކު ޖަލަށް ނުލައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ވެރިކަމުގައި ސުޕްރީމް ކޯޓްގައި ތަޅު އަޅުވާ ފަނޑިޔާރުން ހައްޔަރު ކުރައްވާފައިނުވާ ކަމަށެވެ.

ނަމަވެސް ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީނާއި ރައީސް ސޯލިހްގެ ސަރުކާރުގައި ފެނުނީ އެ މަންޒަރު ނޫން ކަމަށް ވިދާޅުވި އެވެ. ޤާސިމް ވަނީ މިދިޔަ ވެރިކަންތަކުގައި އެތައް ފަނޑިޔާރަކު ވަކި ކުރެއްވި ކަަމަށް ވިދާޅުވެފަ އެވެ.

އަދި ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ ނިޒާމުން ގެއްލުވާލި ކަމަށާ އޭގެ ފަހުން އައި ދެ ސަރުކާރުގައި އަނިޔާވެރިކަމާއެކު އެތައް ފަނޑިޔާރުންނެއް މަޤާމުން ވަކިކުރެއްވި ކަމަށެވެ.

"މަނިކުފާނަށް ވުރެ [ރައީސް ޑރ. މުހައްމަދު މުޢިއްޒު] އަށް ވުރެ ތާހިރުކޮށް ވެރިކަން ކުރައްވާ އެއްވެސް ވެރިއަކު އަދި މިހާތަނަކަށް މި 2008 ގެ ފަހުން ނާދޭ," ރަައީސް މުޢިއްޒަށް ތަޢުރީފު ކުރައްވާ ރާއްޖެ މި ފަހުން ދުށް އެންމެ ވަރުގަދަ އެއް ސިޔާސީ ލީޑަރު އަދި އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް ވިދާޅުވި އެެވެ.

ކިޔުންތެރިންގެ ހިޔާލު