ENGLISH

29 އޮކްޓޯބަރު 2025

Advertisement

ފެންފުށީގައި އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

06 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ފެންފުށީ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން --

އދ. ފެންފުށީގައި އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.

ފެންފުށީގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއި އެ ރަށު ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފެންފުއްޓަށް ވަޑައިގެންނެވެ.

ފެންފުށީގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެ ރަށުގައި އެ ޚިދުމަތް ފެއްޓެވުމުގެ ގޮތުން އެމަނިކުފާނު ވަނީ އޭޓީއެެމުން ފައިސާ ނަންގަވާ ބޭނުންކުރެއްވެވި ކާޑް ކައުންސިލާއި ހަވާލުކޮށް ދެއްވާފަ އެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއުއެއް ފައްޓަވާފަ އެވެ.

ފެންފުށީ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. އަދި އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފެންފުށި ހިމެނޭ މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ޤާސިމް އިބްެރާހިމާއި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަށުގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރަން ހަވާލުކޮށްަފައި ވަނީ އާރުޑީސީއާ އެވެ.

ކިޔުންތެރިންގެ ހިޔާލު