ENGLISH

29 އޮކްޓޯބަރު 2025

Advertisement

އޮމަދޫގެ ބައެއްގެ ގޮތުގައި ތިން ފަޅު ރައީސް ހަމަޖައްސަވަައިފި

06 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އދ.އޮމަދޫ

އދ.އޮމަދޫގެ ބައެއްގެ ގޮތުގައި ތިން ފަޅު ހިމަނައްވައިދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

މިއަދު ރައީސް ނެރުއްވި ރިޔާސީ ގަރާރު ނަންބަރު  26/2025 ވަނަ ގަރާރުގެ ދަށުން އޮމަދޫގެ އިހުތިސާދުގައި ހިމެނުއްވި ތިން ފަޅަކީ، ކުޑަދޫފަޅާއި، ، ކޯޑު ނަންބަރު RF1329 ފަޅާއި އަދި ކޯޑު ނަންބަރު RF1330 ފަޅެވެ.

މި ތިން ފަޅު އޮމަދޫގެ އިހުތިސާދުގައި ހިމެނުއްވުމަށް ރައީސް ނިންމެވީ ފަތުރުވެރިކަން ހިމެނޭ ގޮތަށް އޮމަދޫ ރައްޔިތުންނަށް މަންފާވާނެ އިގުތިސާދީ ތަރައްގީގެ މަސައްކަތްތައް ކުރުމުގައި އެ ފަޅުތަކުގެ ބޭނުން ހިފުމަށް ފުރުސަތު ދެއްވުމަށެވެ. 

އެގޮތުން އެ ޤަރާރުގެ ދަށުން 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ، ރައީސްގެ ޤަރާރު ނަންބަރު 2025/2އަށް ވަނީ އިސްލާހު ގެނެސްފައެވެ. 

އަދި އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަޕްޑޭޓްކޮށްފައެވެ.

ފާަހަގަކުރެވޭ ގޮތުގައި އޮމަދޫގެ ބައެއްގެ ގޮތުން އެ ތިންފަޅު އިތުރުކުރެއްވުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު