ENGLISH

29 އޮކްޓޯބަރު 2025

Advertisement

އދ. ދަނގެތީ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި

06 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އދ. ދަނގެތި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފި އެވެ.

ދަނގަތި ޕޮލިސް ސްޓޭޝަން އިމާރާތް ކުރަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ދަނގެތީ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރަޝީދު، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު