ENGLISH
29 އޮކްޓޯބަރު 2025
އިތުރު ދެ އަތޮޅެެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފެށުން، މިހާރު ނައިފަރާއި ގއ. ވިލިނގިލީން ޕާސްޕޯޓް ހެއްދޭނެ
05 އޮކްޓޯބަރު 2025
|
ޅ. ނައިފަރުގައި ރޭ ވަނީ ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި --
އިތުރު ދެ އަތޮޅެެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފަށައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ޅ. ނައިފަރުގައި ރޭ ވަނީ ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި ކަމަށެވެ. އަދި ޅ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި ޅ. ނައިފަރު ޚިޔާރުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ގއ. އަތޮޅުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ވަނީ ފަށާފައެވެ. އެ ޚިދުމަތް ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.
އިމިގްރޭޝަނުން ބުނީ ގއ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި ގއ. ވިލިނގިލި ޚިޔާރުކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މިހާރު ހުރިހާ އަތޮޅަކުން އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ލިބޭނެއެވެ. އަދި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް އަތޮޅުތަކުން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ވަރަށް ހަލުއި ދުވެލީގައި ކުރަމުންނެވެ.