ENGLISH

03 ފެބްރުއަރީ 2026

Advertisement

ޑިޖިޓަލައިޒޭޝަންގައި އިތުރު ހަރުފަތެއް ގިރާކުރަނީ؛ އިތުރު 50 ހިދުމަތް ވަންގަވްއަށް ގެންނަނީ

05 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

މޯލްޑިވްސް 2.0 އިފުތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ހިދުމަތްތައް ހަލުއިކޮށް ފަސޭހައިން އެއްތަނަކުން ހުރިހާ ހިދުމަތެއް ލިބޭނެ މަގުފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރުގެ ނިޔަލަށް އިތުރު 50 ހިދުމަތެއް ވަންްގަވްް ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުންފުނިކަމުގައިވާ ޓްރޭޑް ނެޓްގެ މެނޭޖިން ޑިރެކްޓަރ ސައީދާ އުމަރު ދައުލަތުގެ މޑީޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިހާރު ވަންގަވްްއިން 400 އަށްވުރެ ގިނަ ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު 15 އިދާރާއެއްގެ ހުރިހާ ހިދުމަތެއް ވަންގަވް މަންސައިން ލިބޭނެއެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ އިތުރު 11 އިދާރާއަކާއި 4 ކައުންސިލެއްގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އެ މަންސައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. 

"2027ގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި މަގުޗާޓެއް އެކުލަވާލުމަށްފަހު އިދާރާތަކާ ގުޅިގެން މަސައްކަތް ދަނީ ކުރަމުން. އެންމެ ފުރަތަމަ އިސްކަންދެނީ ރައްޔިތުންނަށް ބޭނުންވާނެ ޚިދުމަތްތައް ވީހާވެސް އަވަހަށް ވަންގަވް ޕްލެޓްފޯމްގެ ތެރެއިން ދެވޭނެ ގޮތް ހެދުމަށް،" ސައީދާ ވިދާޅުވިއެވެ. 

ސައީދާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ހިދުމަތްތައް ވަންގަވް މަންސައިގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ "މޯލްޑިވްސް 2.0" ސިޔާސަތުގެ ވަރަށް މުހިއްމު އެއް އަމާޒެވެ. 

އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އެ މަންސަަ މެދުވެރިކޮށް ސަރުކާރު އިދާރާތަކުން ފޯރުކޮށްދޭ މުހިއްމު ހުރިހާ ހިދުމަތެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށްވެސް ސައީދާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު