ENGLISH

19 ޖޫން 2026

Advertisement

މިދިޔަ މަހު ރާއްޖެއިން ދަޅު މަސް ބޭރުކުރި މިންވަރު އިތުރުވެއްޖެ

17 ޖޫން 2026

|

އައިމިނަތު ޝަފާ

މަސްދަޅު. ފޮޓޯ؛ސަންގު

ހުސްވި މޭ މަހު ރާއްޖެއިން ދަޅު މަސް ބޭރުކުރި މިންވަރު އެޕްރީލް މަހާ އަޅާ ބަލާއިރު 22.5 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއިން 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު މި މުދަލުގެ ބޮޑު ބައި ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ.

ރާއްޖެއިން އެންމެ ގިނައިން ބޭރުކުރަނީ ދަޅުގައި ބަންދުކުރި މަހާއި، ގަނޑުކުރި ކަޅުބިލަ މަހާއި ކަންނެލީގެ ބާވަތްތަކެވެ. 

ހިސާބުތަކަށް ބަލާއިރު މި ދިޔަ މަހު 38 މިލިޔަން ރުފިޔާގެ ދަޅު މަސް ބޭރުކުރިއެވެ. އޭޕްރީލްމަހު ބޭރުކުރީ 31 މިލިޔަން ރުފިޔާގެ ދަޅު މަހެވެ. 

މިދިޔަ މަހު އެންމެ ގިނައިން އެކްސްޕޯޓުކުރި ގައުމުތައް:

- އިނގިރޭސިވިލާތް: 36 މިލިއަން ރުފިޔާގެ މުދާ.

- ތައިލޭންޑް: 35 މިލިއަން ރުފިޔާގެ މުދާ.

- ފަރަންސޭސިވިލާތް: 6 މިއަޔަން ރުފިޔާގެ މުދާ.

- އިންޑިޔާ: 5 މިލިއަން ރުފިޔާގެ މުދާ.

- ޖަރުމަނުވިލާތް: 4 މިލިޔަން ރުފިޔާގެ މުދާ.

ތަފާސްހިސާބުތައް ދައްކާގޮތުން  މޭ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ދަޅުގައި ބަންދުކުރި މަހެވެ. އެގޮތުން 38 މިލިއަން ރުފިޔާގެ ދަޅު މަސް ބޭރުކޮށްފައިވެއެވެ. އަދި 27 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަ މަހާއި 18 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި މަސް ބޭރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު