ENGLISH
19 ޖޫން 2026
ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
17 ޖޫން 2026
|
ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުން. ފޮޓޯ؛ސަރުކާރު.
އެންމެ މަޤްބޫލު
ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިއަދު ހެނދުނު މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑާއިގެންެނެވީ ވަޒީރު އަހުމަދު ޝިޔާމްއެވެ. އަދި އެމްޕީއެލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ޙުސައިން ޝަފީގެވެ.
ބަނދަރުތައް ބޭނުންކުރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މިކަމުގައި އެމް.ޕީ.އެލްގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީގެ ސީ.އީ.އޯ އެރުވިއެވެ. މީގެ އިތުރުން، އައްޑޫގައި ގާއިމްކުރުމަށް ނިންމާފައިވާ ފިޝަރީޒް އެންޑް މެރިޓައިމް ހަބާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މަސްވެރިންނަށް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.