ENGLISH

19 ޖޫން 2026

Advertisement

ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރަން އިގްތިސާދީ ހާލަތު ތަނެއް ނުދޭ: ޝުޖާއު

17 ޖޫން 2026

|

އައިމިނަތު ޝަފާ

ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް

ސިޔާސީ މީހުންގެ މުސާރަތައް ބޮޑުތަނުން ބޮޑުކުރަން އަދުގެ ރާއްޖޭގެ އިގްތިސާދީ ހާލަތު ތަން ނުދޭކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މެމްބަރު ވަނީ 19 ވަނަ މަޖިލީހުގައި ލާމަރުކަޒީ ނިޒާމަށް ގިނަ ބަދަލުތަކެއް ގެނެވެމުންދިޔައިރު ކައުންސިލަރުންގެ މުސާރަ ބޮޑު ނުކުރީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. 

އަދި މި ބިލު މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހެޅީ ރަނގަޅު ނިޔަތެއް އޮވެގެން ނޫންކަމަށާއި އެމްޑީޕީ ސަރުކާރުން ގައުމު ބައްޓަންކޮށްފައި އޮތީ މިއަހަރު ގައުމު ބަނގުރޫޓްވާގޮތަށްކަމަށް މެމްބަރު ވިދާޅުވިއެވެ. 

"ގައުމުގެ އިގްތިސާދީ ހާލަތު މިވަގުތު ތަނެއް ނުދޭ ސިޔާސީ މީހުންގެ މުސާރަ ބޮޑުތަނުން ބޮޑުކުރާކަށް. އެހެންނަމަވެސް ރޫފަ ރަނގަޅު ހާލަތަކަށް ގައުމުގެ އިގްތިސާދު ދިއުމުން އެކަން ކުރަން ތާއީދުކުރަން. ރަނގަޅު އިގްތިސާދީ ހާލަތެއް އޮއްވާ އަޅުގަނޑުމެންގެ ސުވާލަކީ ކީއްވެގެންތޯއޭ އެމްޑީޕީ ސަރުކާރުގައި އެކަން ނުކުރީ. މިއީ ކައުންސިލަރުން ވިސްނާލަންޖެހޭކަމެއް،". ޝުޖާއި ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިއަދު ހުށަހެޅިގެން ދިޔަ ގަރާރުން ބުނެދެނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެމްޑީޕީން ނުރުހޭކަންކަމަށެވެ. ރަށްރަށުގެ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ކައުންސިލްތަކުގެ އިދާރީ އޮނިގަނޑަށް  ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި ރަށްރަށުގެ ކައުންސިލްތަކުގެ އޮނިގަނޑަށް ގެންނަންޖެހޭ މިފަދަ ހެޔޮ ބަދަލުތަކަކީ މިހާރުން މިހާރަށް ބޭނުންވެފައިވާ ކަންކަން ކަމަށް ވިދާޅުވިއެވެ. 

އަދި ސަރުކާރުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުވައި، ރަށްރަށުގެ ހިންގުން ހަރުދަނާކުރުން ކަމަށް ވީއިރު އެ މަސައްކަތް މިހާރުގެ މަޖިލީހުން ކުރާނެކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު