ENGLISH

19 ޖޫން 2026

Advertisement

ވިލިމާލޭގައި މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް

17 ޖޫން 2026

|

އައިމިނަތު ޝަފާ

ވިލިމާލޭގައި މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ހިދުމަތްދޭ ކުންފުނި އެމްޓީސީސީގެ އިސްވެރިންނާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ބައްލަވާލައްވައިފިއެވެ.

ވިލިމާލޭގައި މާލެ ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ އާއި، ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިތުރުން އެމްޓީސީސީގެ އިސް ބޭފުޅުން ވަނީ ބައްލަވާލައްވާފައެވެ. 

ތިމާވެއްޓާ ރައްޓެހި މި ހިދުމަތުގެ ސަބަބުން ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

ޓެކްސީ ލައިނަކީ، މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13،000 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްދީފަ އެވެ. މި ހިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދު ރާއްޖެ ގެނެސްފައިވެ އެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަ ކުދި ކާރުތަކުން ފެށިގެން، އެއާޕޯޓް ދަތުރުތަކާއި ފޮށިތަންމަތި އުފުލޭނެ ފަދަ ތިން ސައިޒެއްގެ އުޅަނދުތައް ހިމެނެ އެވެ.

ސަރުކާރުގެ އަމާޒަކީ އާންމުންގެ ހިޔާލުތަކާއެކު މި ހިދުމަތް އިތުރަށް ފުރިހަމަކޮށް، މާލޭގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ބަދަލުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު