ENGLISH
29 އޮކްޓޯބަރު 2025
މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ: އިސްމާއީލު
05 އޮކްޓޯބަރު 2025
|
އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލު ޝަފީއު
ޓީޗަރުންނަކީ ގައުމު ބިނާކުރުމުގެ މޭސްތެރިންކަމަށާއި، އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލު ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ފޮނުއްވި ވީޑިިޔޯ މެސެޖުގައި މިނިސްޓަރު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ރިވެތި އަހުލާގާއި ރަނގަޅު ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކީ ޓީޗަރުން ކަމަށެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ އެއްވެސް ގައުމެއްގައި، އެ ގައުމެއްގެ މުދައްރިސުންނަށްވުރެ އަބުރުވެރި އަދި ގަދަރުވެރި ބަޔަކު ނުތިބޭނެ ކަމަށެވެ.
"އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމަ އެގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މި އަހަރު ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ރީކާސްޓިން ޓީޗިން އޭޒް އަ ކޮލަބަރޭޓިވް ޕްރޮފެޝަން" އެވެ. މި ޝިއާރަށް އަލިއަޅުވައިލައްވަމުން ޑރ.ޝަފީއު ވިދާޅުވީ ގުޅިގެން މަސައްކަތްކުރުމާއި، ފަންނުވެރިކަން އިތުރަށް ކުރެެއެރުވުމާއި، އުނގަންނައިދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަކީ އަބަދުވެސް މުދައްރިސުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އޭގެ އިތުރަށް ހުރިހާ މަސްލަހަތުވެރިންނާ ގުޅިގެން މުދައްރިސުންގެ ގުޅުްތައް އިތުރަށް ބަދަހިކޮށް، ޕްރިންސިޕަލުންނާ ގުޅިގެން މުދައްރިސުންނަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ، ފަންނީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.