ENGLISH

29 އޮކްޓޯބަރު 2025

Advertisement

މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ: ފަސްޓް ލޭޑީ

05 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު. --ފޮޓޯ: ރައީސް އޮފީސް

މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި މެސެޖުގައި އެކަމަނާ ވިދާޅުވީ ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް، ބެލެނިވެރިއެއް ކަމަށެވެ. އަދި އެއްޖީލުން އަނެއް ޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދިވަޑައިގެން ހެޔޮ ދުޢާކުރައްވައި، އެކަމަނާ ވަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.  

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހު 5 ވަނަ ދުވަހު އެވެ. އެ ދުވަސް އަންނަނީ 1994 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންނެވެ. 

މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޢާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" އެވެ. މި ޝިޢާރުން ދޭހަކޮށްދެނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ.  

ކިޔުންތެރިންގެ ހިޔާލު