ENGLISH
29 އޮކްޓޯބަރު 2025
ހާލު ދެރަވި މީހާއާ ގުޅޭގޮތުން އެމްޑީޕީން ފަތުރާ ދޮގުތައް އައިޖީއެމްއެޗުން ސާފުކޮށްދީފި
04 އޮކްޓޯބަރު 2025
|
އައިޖީއެމްއެޗް
ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ބައިވެރީންގެ ތެރެއިން ހާޓް އެޓޭކެއް ޖެހި ހާލު ދެރަވި މީހާއާ ގުޅޭގޮތުން އެމްޑީޕީން ފަތުރާ ދޮގު ވާހަކަތަކެއް ފަތުރަމުންދަނިކޮށް އޭނާގެ ސިއްހީ ހާލަތާއި ގުޅޭ މައުލޫމާތު އައިޖީއެމްއެޗުން ސާފުކޮށްދީފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭގެ އެއްވުމުގެ ބައިވެރިއަކު މޭގައި ރިއްސާ ހާޓް އެޓޭކެއް ޖެހުނު ހާދިސާއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އެ ހޮސްޕިޓަލްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
ހާޓް އެޓޭކް އާންމުކޮށް ޖެހެނީ ސިއްހީ ކޮންމެވެސް ސަބަބަކާ ހުރެ ހިތުގެ ލޭ ހޮޅިތައް ބެހި ނުވަތަ ލޭ ހޮޅިއެއް ބެދި ހިތުން ބަޔަކަށް ލޭ ފޮނުވުމުން ހުއްޓުމަކަށް އައުމުން ކަމަށެވެ. މިހެން އާންމުކޮށް ދިމާވަނީ އެ މީހާގެ ހުންނަ ކޮންމެވެސް ސިއްހީ މައްސަލަތަކަކާއި ގުޅިގެން ކަމަށެވެ.
ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވާލާން އުނދަގޫވެ ކެއްސާ އަދި މިފަދަ “ސްޓްރެސް ރެސްޕޮންސް” ތައް އަައިނަމަވެސް ޕެޕާ ސްޕްރޭއަކީ އޭގެ ޒާތުން ހާޓް އެޓޭކް ޖެހޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން ސިއްހީ މައްސަލަތައް ހުންނަ މީހަކަށް ހާޓް އެޓޭކް ޖެހުން ފަދަ ކަމެއް ދިމާވެދާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ރޭގެ މުޒާހަރާއިން ހާލު ދެރަވި މީހާއަށް ފަރުވާދީ ހާލު ރަނގަޅުވެ މިހާރު ފަރުވާ ދެނީ ސީސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދަންދާ ކޮންމެ މީހަކަށް އެ މީހެއްގެ ހާލަތަށް ބަލާ ދޭން ޖެހޭ އެންމެ ރަނގަޅު ފަރުވާ ދެމުންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.
ރޭގެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހާޓް އެޓޭކް ޖެހި ހާލު ދެރަވި މީހާއަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނެ ހަގީގަތް އޮޅުވާލަން ވަރަށް ބޮޑަށް އެމްޑީޕީން ވަނީ މަސައްކަތް ކޮށްފަ އެވެ.