ENGLISH

29 އޮކްޓޯބަރު 2025

Advertisement

ރޭ މުޒާހަރާގައި ހާޓްއެޓޭކު ޖެހުނު މީހާއަށް ފަރުވާދީ އެންޖިއޮޕްލާޒީ ނިންމައިފި

04 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އެމްޑީޕީ މުޒާހަރާ ތެރެއިން ހާޓްއެޓޭކު ޖެހުނު މީހާ ފަރުވާދިނުމަށް ގެންދަނީ

އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހާޓްއެޓޭކެއް ޖެހުނު މީހާއަަށް ފަރުވާދީ ހަދަންޖެހޭ އޮޕަރޭޝަން ހަދައި އައިސީޔޫން ނެރެ ސީސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. 

އެމްއެމްޓީވީއަށް މަައުލޫމާތު ލިބުނު ގޮތުގައި ރޭގެ މުޒާހަރާގައި ހާޓްއެޓޭކު ޖެހުނު މީހާ ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ވަގުތުން ފޯރުކޮށްދޭންޖެހޭ ސިއްހީ ފަރުވާވަނީ ދީފައެވެ. އެގޮތުން އެންޖިއޯޕްލާޒީ ހަދައި، ކަަނާތުގެ ކޮރޮނަރީ އާޓަރީ ނުވަތަ ހިތުގެ ލޭ ހޮޅިއަށް ސްޓެންޓު ވައްދާފައިވާކަމަށް މައުލޫމާތު ލިބެއެވެ. 

އޭގެ އިތުރަށް އޭނާގެ ހުރި ބައްޔަކީ ހިތުގެ ދެ ލޯ ހޮޅި ބެދުމުގެ މައްސަލައެއްކަަން ޑޮކްޓަރުން ދެނެގަނެފައިވެއެވެ. އެންޖިއޯޕްލާޒީއަށްފަހު އޭނާ އައިސީޔޫން ސީސީޔޫއަށް ބަދަލުކުރިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮސީޖާއަށްފަހު އޭނާގެ ހާލަތު ރަނގަޅެވެ. ހޭލައިގެން ވާހަކަދައްކައި މީހުންނާ މުއާމަލާތްކޮށް ހަދަމުންދާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. 

ރޭގެ މުޒާހަރާގެ ތެރެއިން ހާޓްއެޓޭކު ޖެހުނު މީހާ މަރުވެއްޖެ ކަމުގައި ބުނެ އާއްމުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް އިދިކޮޅަށް ތާއީދުކުރާ ސޯޝަލް މީޑިޔާ އެކައުންޓުތަކުން މަސައްކަތްކުރިއެވެ. އަދި ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ވަރަށް ބޮޑަށް އަނިޔާކުރާކަމަށް ބުނެ ރުޅިވެރިކަން އުފެއްދުމަށް މެދުނުކެނޑި މަސައްކަަތްކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު