ENGLISH

29 އޮކްޓޯބަރު 2025

Advertisement

ރައީސް ސޯލިހަށް މިނިސްޓަރު ސައީދު އަމާޒުކުރެއްވީ ވަރުގަދަ ސުވާލުތަކެއް

04 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީން ރޭ މާލޭގެ މަގުތަކުގައި ހަމަނުޖެހުން އުފެއްދުމަށް ކުރި މަސައްކަތުގެ އެންމެ އިސްސަފުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ހާއްސަ މުޝީރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރުގަދަ ސުވާލުތަކެއް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އަމާޒުކުރައްވަައިފިއެވެ. 

ރޭ އެމްޑީޕީން "ލޫޓުވާލައިފި" ނަމުގައި ބޭއްވި އެއްވުން ކުރިއަށްގެންދަންވީ ރޫޓާ ގުޅޭ ގޮތުން ފުލުހުންނާއެކު ކުރިން މަޝްވަރާކޮށް އެއްބަސްވި ނަމަވެސް، މަަގުމައްޗަށް ނުކުތުމާއެކު އެމްޑީޕީންވަނީ އެ ރޫޓާ ހިލާފުވެ މާލޭގެ އެންމެ ތޮއްޖެހުން ބޮޑު މަޖީދީ މަގަށް ވަދެގަންނަން މަސައްކަތްކޮށް، ފުލުހުންނާ ކުރިމަތިލައި، ގަލާއި ފުޅި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކައި، ފުލުހުންގެ ޝީލްޑުތައް އަތުލައި، ބެރިކޭޑުތައް ތަޅައި ހަމަނުޖެހުން ހިންގާފައެވެ. 

އެކަމާ ގުޅިގެން އެކްސްގައ މިއަދު ކުރެއްވި ޕޯސްޓެއްައި ސައީދު ވިދާޅުވީ ރައީސް ސޯލިހު މިހާރު ހުންނެވީ އިސްލާހަށް ކަމުގައި ވިދާޅުވެ ނުކުމެވަޑައިގެން ކަމަށވެެ. ނަމަވެސް ކުރިން އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުންގެންދެވީ ވެރިކަން ކުރައްވަން ފަސް އަހަރުވެސް މާ ދިގު ކަމަށް ކަމުގައެވެ. 

އަދި ރައީސް ސޯލިހު ވެރިކަން ކުރެއްވީ 2018 އިން 2023 އަށް އެއިރުގެ އިދިކޮޅު މައި ޕާޓީގެ އޮފީސް ތަޅުއަޅުއްވައި، އިިދިކޮޅު ކޯލިޝަނުގެ އެއިރުގެ ލީޑަރު ފަސް އަހަރު ޖަލުގައި ބަންދަވައިގެންކަން ސައީދު ހަނދުމަފުކޮށްދެއްވިއެވެ. 

އަދި ސައީދު ވިދާޅުވީ އެއިރު ރައީސް ސޯލިހާ މީހުންނަށް ބައްދަލުކުރެވެނީ ވަރަށް މަދުން ކަމަށާއި، މުޒާހަރާއިން މީހުން ހައްޔަރުކޮށް، މުޒާހަރާއަށް ހުރަސްއަޅަނީ މުޒާހުރާކުރަން ނުކުތުމުންކަމަށާއި، ގޭގައި ތިބޭނަމަ ފުލުހުން އެކަންކަން ނުކުރާނެކަމަށް ސޯލިހު އެއިރު ވިދާޅުވާ ކަމަށެވެ. 

އިތުރަށް ސައީދު ވިދާޅުވީ ރޭ ފުލުހުންގެ ބެރިކޭޑު ކުރިމަތީ ރައީސް ސޯލިހު ހުންނެވީ 2028 ވަނަ އަހަރުގެ ކެނޑިޑެސީ ކަށަވަރުކުރެއްވުމަށްޓަކައި ކަމަށާއި، އެހެންކަމުން އުފެދޭ ސުވާލަކީ އިސްލާހުކުރަން ފަސް އަހަރު ހަމަ ހަގީގަތުގައިވެސް އެމަނިކުފާނަށް މަދުވީތޯއާއި، އެމްޑީޕީގައި ވެރިކަމަށް ކުރިމަތިލެއްވުމަށް ކުފޫހަމަވާ އެހެން ބޭފުޅަކު ނެތީތޯއެވެ. 

އިތުރަށް ސައީދު ކުރެއްވި ސުވާލަކީ ވެރިކަން ކުރެއްވިކަމަށްޓަކައި ކޮންމެ މަހަކު ލައްކައިން މުސާރައާއި އިނާޔަތުގެ ގޮތުގައި ދައުލަތުން ފައިސާ ނަަންގަވަމުން، އިސްލާހުކުރެއްވުމުގެ ނަމުގައި ސޯލިހު ނުކުމެވަޑައިގަތްއިރު ވެރިކަން ކުރައްވަން ލިބިވަޑައިގަތް ފަސް އަހަރު ގެންނެވުނު އިސްލާހަކީ ކޮބައިތޯއެވެ. 

ރައީސް ސޯލިހަށް ގައުމަށް ގެނެސްދެއްވުނީ ދަރަނީގެ ރަން ޒަމާނަކާއި، ކުންފުނިތައް ދަރުވައިލުމުގެ ހިކުމަތްތެރިކަމާއި، ސުމާރެއް ނުބައްލަވައި ފައިސާ ޗާޕުކުރައްވައިގެން ދިވެހި ރުފިޔާގެ އަގު ތާއަބަދަށް ވައްޓަވައިލެއްވުން ކަމށެވެ. އަދި މިހާރުވެސް ދައުލަތާއި ރައްޔިތުން އުޅެންޖެހިފައިމަވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި ކުރެއްވި ކަންކަމުން ލިބުނު ގެއްލުމުން އަރައިނުގަނެވިގެންކަމަށް ސައީދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު