ENGLISH

29 އޮކްޓޯބަރު 2025

Advertisement

ބްރޯޑްކާސްޓަރުންނަށް ރައީސްގެ އިލްތިމާސް؛ ދިވެހިވަންތަ އިސްލާމީ ކޮންޓެންޓު އުފެއްދުން އަމާޒަކަށް ހައްދަވާ

04 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ދިވެހިވަންތަ އިސްލާމީ މަންފާހުރި މައުލޫމާތު ހިމެނޭ ޕްރޮގުރާމުތަކާއި ކޮންޓެންޓުތައް އުފައްދައި ފެތުރުމަކީ ބްރޯޑްކާސްޓަރުންގެ އަަޒުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. 

ގައުމީ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ރައީސް ޝާއިއުކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ބްރޯޑްކާސްޓު ކުރުމުގެ ހުރިހާ މަސައްކަތަކީ ހީވާގިކަމާއި ވަރަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކަމަށެވެ. 

"ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭން ޖެހޭ ޚިދުމަތެއް،" ރައީސް ވިދާޅުވިއެވެ. 

ބްރޯޑްކާސްޓިން މީޑިޔާގެ ގައުމީ ދައުރުގެ މުހިއްމުކން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ގައުމަށް ރީތި ނަން ހޯދައިދިނުމުގެ ބައިވެރިންގެ ގޮތުގައި ދެމިތިބެންޖެހޭ ބައެއް ކަަމަށެވެ. 

އޭގެ އިތުރަށް ރައީސްވަނީ ބްރޯޑްކާސްޓިން ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިހުނަށްވުރެ ރަނގަޅުކުރުމަށް އެ ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންހިފައިގެން ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. 

އެއާއެކު ހުރިހާ ބްރޯޑްކާސްޓަރުންގެ އަޒުމަކަށްވާންވީ އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، އެއިން ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ފަދަ މައުލޫމާތާއި ޕްރޮގުރާމުތައް ތައްޔާރުކޮށް ގެނެސްދިނުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސްވަނީ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ރާއްޖޭގައި ބްރޯޑްކާސްޓު ހިދުމަތް ދޭ ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ، މުބާރަކުބާދީ އަރިސްކުރައްވައި، ކާމިޔާބަށް އެދިވަޑައިގަންނަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު