ENGLISH

29 އޮކްޓޯބަރު 2025

Advertisement

ހަމަނުޖެހުން ހިންގުމަށް ފަހު އެމްޑީޕީގެ މުޒާހަރާ ނިންމާލައިފި

04 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ މުޒާހަރާގައި ސޯލިހް ބައިވެރިވަނީ --

އިދިކޮޅު އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިންގާ ޤާނޫނާއި ޚިލާފު އަމަލުތަކެއް ހިންގުމަށް ފަހު މުޒާހަރާ ނިންމާލައިފި އެެވެ.

ކުރީގެ ރައީސް ސޯލިހާއި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަދި އެމްޑީޕީގެ ލީޑާޝިޕް އިސްކޮށް ތިބެ މިރޭ ހިންގި މުޒާހަރާގައި ވަނީ ފުލުހުންގެ ސަފުތައް ފަޅާލަން މަސައްކަތް ކޮށްފަ އެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުތަކުގައި ބަހަައްޓާފައިވާ ބެރިކޭޓްތައް އުކާލާ ފުލުހުންގެ ޝީލްޑްތައް ދަމަގައިނެ ފުލުހުންނާއި ދިމާއަށް ގަލާއި ފުޅި ފަދަ ތަކެތި އުކުންފަދަ ޤާނޫނާއި ޚިލާފު ކަންކަން ހިންގާފައިވެ އެވެ.

ފުލުހުން ބުނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ކުރީން ހުއްދަ ދީފައިވާ ރޫޓާއި ހިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމުން އެ ގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދިން ކަމަށެވެ.

ނަމަވެސް އެކަމަށް އިޖާބު ނުދީ މުޒާހަރާގެ ބައިވެރީން ފުލުހުންނާއި ދިމާއަށް ގަލާއި ފެންފުޅި އުކައި, ފުލުހުންގެ އާލަތްތައް އަތުލަން މަސައްކަތް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ. އެ އަމަލުތައް ހިންގި މީހުންނާއެކު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

ހޯމް މިނިސްޓަރު އަލީ އިޙްސާން ވެސް ވަނީ މިރޭގެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށާ ޑިއުޓީގައި ހުންނަ ފުލުހެއްގެ އަތުން ގަދަކަމުން ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި އެއީ ޤާނޫނު ތަންފީޒުކުރުމުގެ ވާޖިބުތަކަށް ހުރަސްއަޅުމާއެކު އަނިޔާވެރި އަމަލުތަކެއް ކަމަށް ވިދާޅުވި އެވެ.

މުޒާހަރާ ފެށިތާ ގިނަ އިރުތަކެއް ނުވަނީސް އެމްޑީޕީން އަމަލުކުރި ގޮތުން އެތައް ބަޔަކު ވަނީ މުޒާހަރާ ދޫކޮށް ގޮސްފަ އެވެ. އަދި ވަރަށް ބޮޑަށް މީހުން މަދުވުމުން ފަހުން ވަނީ މުޒާހަރާ ނިންމާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު