ENGLISH

29 އޮކްޓޯބަރު 2025

Advertisement

އެމްޑީޕީން މުޒާހަރާ ކުރިއަށް ގެންދަން އުޅުނީ ހުއްދަ ދިން ރޫޓާ ޚިލާފަށް: ހޯމް މިނިސްޓަރ

04 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޭއްވި މުޒާހަރާ ކުރިއަށް ގެންދަން އުޅުނީ ހުއްދަ ދިން ރޫޓާ ޚިލާފަށް ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިހްސާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކުރިން ހުއްދަ ނަގަން ނުޖެހޭ ތަނެއްގައި ސުލްހަވެރި އެއްވުމެއް ބާއްވާ ނަމަ ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ހިނގާލުން ކުރިއަށް ގެންދަން އެމްޑީޕީން ހުށަހެޅި ރޫޓަށް ފުލުހުން ހުއްދަ ނުދިނީ މަޖީމަގުގެ ޓްރެފިކަށް ދަތިވާނެތީ އާއި އާއްމުންނަށް އުނދަގޫތައް ކުރިމަތިވެ އަދި އެއްވުމުގެ ބައިވެރިންގެ ސަލާމަތަށްޓަކައި ކަމަށެވެ.

އޭގެ ބަދަލުގައި އެމްޑީޕީން އިޚްތިޔާރުކޮށްފައި ވަނީ ހުއްދަ ދިން ރޫޓާ ޚިލާފަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެއްވުން ބާއްވަން ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށް ދާން ފެށުމާ ގުޅިގެން، އެ ގޮތަށް އަމަލު ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދީ، ފުލުހުން ވަނީ އިންޒާރު ދީފައެވެ. އެކަމަކު، އެ ކަމަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކުރި ކަމަށް ފުލުހުންގެ ބުނެފައވެއެވެ. 

މިނިސްޓަރ އިހްސާން ވަނީ ގާނޫނީ އިމުގެ ތެރޭން ސުލްހަވެރި އެއްވުންތައް ބޭއްވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު