ENGLISH
29 އޮކްޓޯބަރު 2025
ފުލުހުންގެ އަތުން ގަދަކަމުން ޝީލްޑް އަތުލަނީ، ވަޒީރު ވިދާޅުވީ އެއީ އަނިޔާވެރި އަމަލެެއް ކަމަށް
03 އޮކްޓޯބަރު 2025
|
ފުލުހުންގެ އަތުން ގަދަކަމުން ޝީލްޑް އަތުލުން ފަދަ އަނިޔާވެރި އަމަލުތައް ހިންގަން ވެސް އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން ފަށައިފި އެވެ.
ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ އެމްޑީޕީގެ ސަޕޯޓަރުން މިހާރު ތިބީ މަޖީދީމަގުގަ އެވެ. އެ މީހުން ގެންދަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް ގަދަކަމުން ވަދެ ގަންނަން މަސައްކަތް ކުރަމުންނެވެ. އަދި އެ މީހުން ގެންދަނީ ފުލުހުން ގެންގުޅޭ ޝީލްޑްތަކުގައި ތަޅާ ހަމަނުޖެހުން ހިންގަމުންނެވެ.
އަދި ފުލުހުންގެ އަތުން ގަދަކަމުން ޝީލްޑް އަތުލުން ފަދަ އަނިޔާވެރި އަމަލުތައް ވެސް ދަނީ ހިންގަމުންނެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ޑިއުޓީގައި ހުންނަ ފުލުހެއްގެ އަތުން ގަދަކަމުން ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި އެއީ ޤާނޫނު ތަންފީޒުކުރުމުގެ ވާޖިބުތަކަށް ހުރަސްއަޅުމާއެކު އަނިޔާވެރި އަމަލުތަކެއް ކަމަށެވެ.