ENGLISH

29 އޮކްޓޯބަރު 2025

Advertisement

މުޒާހަރާ ހަމަނުޖެހުމަކަށް، އެމްޑީޕީ އެކްޓިވިސްޓުން ފުލުހުންނާއި ކުރިމަތިލަނީ

03 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މިރޭގެ މުޒާހަރާ ހޫނުވެފައި --

އިދިކޮޅު އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަމުންދާ ފުލުހުންނާއި އެމްޑީޕީގެ އެކްޓިވިސްޓުން ކުރިމަތިލާ ހަމަނުޖެހުން ހިންގަން ފަށައިފި އެވެ.

މިރޭގެ މުޒާހަރާއަށް އާރޓިފިޝަލް ބީޗަށް މީހުން އެއްކުރުމަށް ފަހު އެމްޑީޕީގެ ވެރީންގެ އެންގުމަށް ވަނީ މަގުތަކަށް ނިކުމެފަ އެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ފުލުހުން ވަނީ މާލޭގެ ބައެެއް މަގުތައް ބަންދުކޮށްފަ އެވެ.

ނަމަވެސް މުޒާހަރާކުރާ މީހުން ގެންދަނީ ފުލުހުންގެ ބެރިކޭޓްތައް އުކާލާ ފުލުހުންނާއި ކުުރިމަތިލަމުންނެވެ.

އެއްވެ އުޅުމުގެ ޤާނޫނު އިސްލާހުކުރަން ދެކޮޅު ހެދި އެމްޑީޕީން މިރޭ ގެންދަނީ އެ ޤާނޫނުގެ ދަށުން މަނާ ސަރަޙައްދުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. މިރޭގެ މުޒާހަރާގައި ކުރީގެ ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމް އާއި ކުރީ ސަރުކާރުގެ ވެރީން ބައިވެރިވެ އެވެ. (ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު