ENGLISH

03 އޮކްޓޯބަރު 2025

Advertisement

ޝުޖާ ވިދާޅުވެދެއްވީ އެމްޑީޕީގެ ދެ ވެރިކަމުގައި ކޮރަޕްޝަން ހިންގި ގޮތާއި ނިޒާމު ހަލާކުކުރި ގޮތް

02 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ

އިދިކޮޅު އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބުނު ދެ ފަހަރުވެސް ކޮރަޕްޝަނާއި ފަސާދަ އާއްމުކޮށް ދައުލަތުގެ މުޅި ނިޒާމު ހަރާބުކޮށްލި ގޮތް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާ ވިދާޅުވެދެއްވައިފިއެވެ. 

ރޭ ޕީއެންސީގެ ހަރުގެ ކޮންގްރެސް ހައުސްގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވައިލާ ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލައި، ދިވެހިންގެ މެދުގައި އޮތް ރަނގަޅު އަހުލާގު ހަލާކުކޮށްލައިގެން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅު ކުރިމަތީ އޮށޯތުމަކީ އެންމެ ރަނގަޅު ގޮތްކަމަށާއި، ވަޒީރުން ރަށްރަށަށް ވަޑައިގަތުމުން އެންމެ ރަނގަޅުވާނީ އެ ބޭފުޅުން ހަށިކޮޅަށް ކުޅުޖެހުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ވިސްނައިދީ، މަސްވެރިންނަށް އެންމެ ރަނގަޅު ގޮތަކީ ނުކިރޭ މަސްކޮޅު ކަނޑަށާއި ރަށްރަށުގެ އޮފީސްތަކަށް އުކައިލުންކަމަށް ވިސްނައިދިން ކަމަށް ޝުޖާ ވިދާޅުވިއެވެ. 

އެމަގުން ހިންގި ކެމްޕެއިނަށްފަހު ވެރިކަމަށް އައިސް އެމްޑީޕީގެ ފުރުތަމަ ވެރިކަމުގެ ހަ މަސްދުވަސް ނިމުނުއިރު އެ ވަރިކަމުގައި ހުންނެވި ބޭފުޅަކީ "ހަމައިގަ" ހުންނަވާ ބޭފުޅެއް ނޫންކަން ވިސްނިގެން ރައްޔިތުން އެމަނިކުފާނަަށް 17 ވަނަ މަޖިލީހުގެ އަޣުލަބިއްޔަތު ނުދިން ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ. 

"2009 ވަނަ އަހަރު މިއައީ އާއްމު އިންތިހާބެއް. 17 ވަނަަ މަޖިލީހުގެ އިންތިހާބު. ކަން ދިމާކުރި ގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގަބޫލުކުރެވިއްޖެ މިއީ ހަމައިގަ ހުންނަ ރައީސެއް ނޫންކަމަށް، އެެހެންވެ ދިވެހިން ނިންމީ މީނައަށް މަޖިލިހެއް ނުދޭނަމޭ. އެހިސާބުން މިފެށުނީ ކުޅިވަރު.،" ޝުޖާ ވިދާޅުވިއެވެ. 

"އަނެއް ދިވެހިރާއްޖޭގެ ރައީސް ހެއްދެވި ގޮތަކީ ސްޓައިލުގައި ކޮރަޕްޝަން ހިންގަވަން ފެށީ. ހެއްދެވި ގޮތަކީ އެއިރުގެ މަޖިލީހުގައި ތިއްބެވި މެންބަރުންނަށް ރިޝްވަތު ދީގެން ގަނެލީ. އެހިސާބުން ދޫކުރީއެއް ނޫން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ޕާޓީ ބަދަލުކުރުވީ،" 

ޝުޖާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރެއަށް ކޮރަޕްޝަން ވައްދައި، މަޖިލީހުގެ މެންބަރުންނަށް ފާޅުގައި ރިޝްވަތުގައި ޕާޓީ ބަދަލުުކުރުމުގެ ސަގާފަތު އުފަންވީ 2009 ވަނަ އަހަރު އެމްޑީޕީ ވެރިކަމުގައެވެ. އެވަރުން ނުފިދިގެން ރައްޔިތުންގެ ހަރު މުދާ ކުއްޔަށް ދޫކުރުމާއި ވިއްކުމާއި ކަންކަން ފެށުނުކަމަށާއި، ރިސޯޓު ހެދުމަށް ޕާޓީގެ އެކްޓިވިސްޓުންނަށް ނުއަގުގައި ރަށް ދޫކުރި ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ. 

"އަނެއް ދިވެހިރާއެްޖޭގެ ރައީސް ހެެއްދެވި ގޮތަކީ ޓޫރިޒަމްގެ ކަންކަން ނުވެސް ދަންނަ ބައިގަނޑަކަށް ފަޅުރަށްތައް ބަހައިލީ. އޭގެ ތެރޭގައި ފެރީ ނިޒާމު ހިންގަން ދޫކުރި ރަށްރަށްވެސް ހިމެނޭ،" ޝުޖާ ވިދާޅުވިއެވެ. 

އެއަށްފަހު އައި އެމްޑީޕީގެ ދެވަނަ ވެރިކަމުގައި "ޖަޒީރާ ރާއްޖެ"ގެ ނަމުގައި ހިންގީވެސް ބޮޑެތި ކޮރަޕްޝަންކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި އެއިރުގެ ރައީސަކީ ކަންކަން ފެނިވަޑައިނުގަންނަވާ، އިވިވަޑައިނުގަންނަވާ ރައީސެއްކަމަށާއި، އެވެރިކަމުގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެ، ފާޅުގައި އެކަންކަން ހިނގަން ފެށުމުން އެމްޑީޕީގެ އެތެރޭގައި ތިއްބެވި އެކަމާ ދެކޮޅު މެންބަރުން އިހުތިޖާޖުކުރައްވަން ފެއްޓެވިކަމަށް ޝުޖާ ވިދާޅުވިއެވެ. 

އެ ބޭފުޅުންގެ ޝަކުވާތަކެއް އެއިރުގެ ރައީސަަށް އިވިވަޑައިނުގެންނެވި ކަމަށާއި، އެވަރުން ނުވެގެން އޭސީސީން ވައްކަންކުރާ ކަމަށް ވިދާޅުވުމުން އޭސީސީގެ ހުރިހާ މެންބަރުން އެއިރު އެމްޑީޕީއަށް މަޖިލީހުގައި އޮތް އަޣުލަބިއްޔަތު ބޭނުންކޮށްގެން ބަދަލުކުރި ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު