ENGLISH
03 އޮކްޓޯބަރު 2025
ސައުދީ އަރަބިއްޔާއާއި ރާއްޖޭގެ ގުޅުމަކީ އެއްބާރުލުންދިނުމުގެ ފުރިހަމަ ނަމޫނާއެއް: ސައުދީ ސަފީރު
02 އޮކްޓޯބަރު 2025
|
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްތާނީ
ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖޭގެ މެދުގައި އޮތް ގުޅުމަކީ އެއްބާރުލުންދިނުމުގެ ލާމަސީލު ނަމޫނާއްކަމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްތާނީ ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަަކަފުޅުގައި ސަަފީރު ފާހަގަކުރެއްވި ގޮތުގައި 17 މާޗު 1981 ވަނަ އަހރުގައި ރާއްޖެއާއި އެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ މިހާރު 44 ވަނަ އަހަރު ގުނަމުންދާއިރު، ދެ ގައުމުގެ މެދުގައި އުހުއްވަތްތެރިކަމާއި ގާތް އެކުވެރިކަމުގެ ދިގު ތާރީހެކެވެ.
އަދި ސައުދީ އަރަބިއްޔާ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮތީ ދިވެހި ރައްޔިތުންނާއެކު ކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ ހާދިމުލް ހަރަމައިނިއް ޝަރީފައިން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި އެ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވަމުންދާ ކަމށެވެ.
ދެ ގައުމުގެ އޮތް ގުޅުން ބިނާވެފައި އޮތީ އިހުތިރާމާއި އިތުބާރާއި ދެ ގައުމުން ހިއްސާކުރާ އިސްލާމީ އަގުކުރުންތަކުގެ މަތީގައިކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ ދިވެހިރާއްޖެއާއި ސައުދީގެ ގުޅުމަކީ ކާމިޔާބު އެއްބާރުލުންދިނުމުގެ މިސާލެއްކަަމަށާއި، ޑިޕްލޮމަސީގެ ތެރެއިން ފުޅާފުރިހަމަވެ ހިއްސާވަނަވި މަސްލަހަތުތަކުގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމަކަށް އެ ގުޅުން ބަދަލުވެފައިވާ ކަމަށެވެ.
އޭގެ އިތުރަށް ސަފީރު ވިދާޅުވީ ހާދިމުލް ހަރަމައިން މަލިކް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާލްސައޫދުގެ ގިޔާދަތުގައި ސައުދީ އަރަބިއްޔާ މިސްރާބު ޖަހާފައި ހުރީ 2030 ގެ ތަސައްވުރު ހަގީގަތަކަށް ހަދައި އެއްބާރުލުން ދިނުމާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން މުޅިން އައު ފުރުސަތުތަކެއް އުފަންކުރުމަށް ކަމުގައެވެ.
އަދި ސިއްހީ ދާއިރާއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި، ވައިގެ އުދުހުންތަކާއި، ތައުލީމާއި ޒުވާނުން ބިނާކުރުމާއި ތިމާވެއްޓާއި އިއާދަކުރަނަވި ހަކަތަ ފަދަ ދާއިރާތަކުގެ ބިނާރުތައް ތަރައްގީކުރުމުގެ އިތުރަށް، ސުލްހައާއި އިސްތިގުރާރާއި ސިޔާދަތު ނަގެހެއްޓުން ފަދަ ކަންކަމުގައި ރައްޖެއާއި ސައުދީ އަރަބިއްޔާއަކީ މުހިއްމު ބައިވެރިންކމަށް ސަފީރު ވިދާޅުވިއެވެ.
ސައުދީއާއި ރާއްޖޭގެ ގުޅުމަކީ ހަމައެކަނި ޑިޕްލޮމެޓިކް ގުޅުމެއް ނޫންކަމަށާއި، އެއީ ދެ ގައުމެއްގެ މެދުގައި އޮތް އުހުއްވަތްތެރިކަމެއް ކަމުގައި ފާހަގަަަކުރައްވަމުން ސަފީރު ވިދާޅުވީ ދެ ގައުމުގެ ރައްޔިތުންނާއި ސަރަހައްދާއި ދުނިޔޭގެ ފައިދާއަށްޓަކައި، މާތްﷲގެ ރަހުމަތްފުޅުން އެގުޅުން ދާނީ އިތުރަށް ބަދަހިވަމުން ކަމަށެވެ.