ENGLISH
03 އޮކްޓޯބަރު 2025
ޓެކްސް އެޕީލް ޓްރިބިއުނަލަށް ކުރީގެ ފަނޑިޔާރު މަހާޒުގެ ނަންފުޅު ހިމެނޭހެން ހަތް ބޭފުޅެއްގެ ނަންފުޅު ފޮނުއްވަައިފި
02 އޮކްޓޯބަރު 2025
|
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު ޒާހިރު ހިމެނިވަޑައިގަންނަވާހެން، ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް، ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
މިއަދު އޮތް މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ އިދާރީ މޭޒުން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީ އިއްވާފައިވެއެވެ. އެ ސިޓީގައި ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ލިސްޓު ރައީސް އިސްކަންދެއްވާ ތަރުތީބުން ހިމަނުއްވާފައިވެއެވެ.
ލިސްޓުގެ އެންމެ ކުރީގައި އޮތީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު ޒާހިރުގެ ނަންފުޅެވެ. ދެވަނައަށް އޮތީ ރ.ހުޅުދުއްފާރު، ރޯޒްވިލާ، އާޝިޔާ އަޒީމާގެ ނަންފުޅެވެ.
އެ ލިސްޓުގައި ދެން ހިމެނެނީ:
- އިބްރާހިމް އަފީފު- ގުލްބަހާރުގެ/ ބ. ތުޅާދޫ
- ޝިފާޒް އަލީ- ދަފްތަރު ނަމްބަރު (12504)
- ފާތިމަތު ނައުޝާން- ޅ. ނައިފަރު، ފިޔާތޮށިގެ
- އަހުމަދު ޔާމީން- ބީޗްކޯނަރު، ގދ. ގައްދޫ
- ޝައުފާ އިބްރާހިމް- އަކިރިވިލާ، ދ. މީދޫ
ރައީސް ފޮނުއްވި ނަންފުޅުތައް ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ފޮނުއްވީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށެވެ.