ENGLISH

29 އޮކްޓޯބަރު 2025

Advertisement

ފިލްމީ ތަރި ޔޫއްޕެ ހިމެނޭހެން ގިނަ އަދަދެއްގެ ޒުވާނުން ކޮންގްރެސް ޕާޓީއާ ގުޅިއްޖެ

01 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ކޮންގްރެސްއަށް ސޮއިކުރުމަށް ފަހު ޔޫއްޕެ އޭނާގެ ފޯމް ހަވާލުކުރަނީ --

ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ހިމެނޭހެން ގިނަ އަދަދެއްގެ ޒުވާނުން ކޮންގްރެސް ޕާޓީއާ މިރޭ ގުޅިއްޖެ އެވެ.

ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ފޯރިގަދަ ހަރުގެ ޖަލްސާގައި އެ ޕާޓީއަށް ސޮއިކުރި މެންބަރުން ވަނީ މެންބަރޝިޕް ފޯމް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއާ ހަވާލުކުރައްވާފަ އެވެ.

މިރޭ އޮތް ޖަލްސާގައި ކޮންގްރެސް ޕާޓީގެ ރައީސް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސްވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެމަނިކުފާނު ވަނީ މި ޖަލްސާގައި ވާހަކަފުޅު ވެސް ދައްކަވާފަ އެވެ. ރައްޔިތުންނަށް އުފާވެރި ބައެއް ޚަބަރުތައްވެސް ދެއްވި އެވެ.

އެއް ޚަބަރަކީ މި އަހަރު ނިމުމުގެ ކުރީން މާލޭގައި 3,000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފައްޓަވާނެ ކަމަށް ކުރެއްވި އިޢުލާނެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ވަނީ ކޮންގްރެސްއަށް ނިސްބަތްވާ މަޖިލީސް މެންބަރުންވެސް ވާހަކަ ދައްކަވާފަ އެވެ.

ވަަރަށް ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާއަކީ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު ކޮންގްރެސް ޕާޓީން ބޭއްވި ހަރުގެ ޖަލްސާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު