ENGLISH

29 އޮކްޓޯބަރު 2025

Advertisement

މި އަހަރު ނިމުމުގެ ކުރީން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފަށާނަން: ރައީސް

01 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް ހަރުގެ ޖަލްސާއަށް ވަޑައިގަތުން -- ފޮޓޯ: މިހާރު

މި އަހަރު ނިމުމުގެ ކުރީން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ މިރޭ އޮތް ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަރަށް ގިނަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ރައީސް ވިދާޅުވީ އިންޑިއާގެ ލޯނު އެހީގައި މާލެ ސަރަޙައްދުގައި އިތުރު 4,000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަައްޓަވާނެ ކަމަށެވެ.

އަދި އެ މަޝްރޫޢުގެ ބޭރުން މި އަހަރު ނިމުމުގެ ކުރީން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ނިމެމުންދާ ކަމަށް ވިދާޅުވި އެވެ.

"މާލޭގައި އެންމެ މަދުވެގެން ތިންހާސް ހައުސިން ޔުނިޓްގެ މަޝްރޫއުއެއް މި މާލެ ސިޓީގައި މި އަހަރު ނިމުމުގެ ކުރީން އަޅުގަނޑުމެން ފަށާނަން,"

ރައީސް މިރޭވެސް ވިދާޅުވީ ރައްޔިތުންނަށް ދީފައިވާ ފްލެޓްތަކާއި ގޯތިތަކަށް އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހަވާލުކުރަމުންދާ ކަމަށެވެ.

މި ސަރުކާރުން ދަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ 4,000 ހައުސިން ޔުނިޓް ހައްޤުވެރިންނާއި ހަވާލުކުރަމުންނެވެ. އަދި ގުޅިފަޅުން ދިން ގޯތިތައް ވެސް ހަވާލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު