ENGLISH

29 އޮކްޓޯބަރު 2025

Advertisement

ކައުންސިލް އިންތިޚާބުގައި ޕީއެންސީއަކީ ވޯޓަށް ފަރިތަ ޕާޓީއެއްކަން ދައްކާލާނަން: ސައްތާރު

01 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ހޮޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ސައްތާރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ އަކީ ވޯޓަށް ކިހާ ފަރިތަ ޕާޓީއެއްކަން އިިދިކޮޅު އެމްޑީޕީއަށް ދައްކާލާނެ ކަމަށް ހޮޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ސައްތާރު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ހަރުގޭގައި މިރޭ އޮތް ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައްތާރު ވިދާޅުވީ އެ ޕާޓީގެ ލީޑަރު, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލިމީ ކަމުގައި ޕީއެންސީގެ "އޮޑި" ދުއްވާލަން ވަރަށް ފަސޭހަވާނެ ކަމަށެވެ.

އަދި ކައުންސިލް އިންތިޚާބަށް އެ ޕާޓީން ނިކުންނާނީ ފުރިހަމަ ޔަޤީންކަމާއި ރައްޔިތުންގެ އިތުބަރާއެކު ކަމަށް ވިދާޅުވި އެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގައި އަޅުގަނޑުމެން އެމްޑީޕީއަށް ދައްކާލާނަން ޕީއެންސީއަކީ ވޯޓަށް ކިހާ ފަރިތަ ޕާޓީއެއް ކަން. ސަބަބަކީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ އިންތިޚާބުތަކަށް ވަރަށް ފަރިތަ ބޭފުޅެއް. އެމަނިކުފާނު ކުރިމަތިލެއްވި ކޮންމެ އިންތިޚާބެއް އެ ގެންދަވަނީ ފަސޭހަފުޅު ކަމާއެކު ކާމިޔާބު ކުރަމުން," ސައްތާރު ވިދާޅުވި އެވެ,.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އޮތީ އަންނަ އަހަރުގެ ރޯދަ މަހަށް ފަހު އެވެ. ކޮންގްރެސް ޕާޓީން ހުރިހާ ގޮނޑިތަަކަށް ކެންޑިޑޭޓުން ނެރެން ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު