ENGLISH

29 އޮކްޓޯބަރު 2025

Advertisement

އިދިކޮޅު ފަރާތްތައް މޭކަރައިގެން އުޅެނީ ގައުމުގައި ހުރި މައްސަލަތައް ހަައްލުވާ ތަން ފެންނާތީ: ހުސްނީ

01 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސްނީ މުބާރަކް

އިދިކޮޅު ޕާޓީތަކުން މޭކަރައިގެން ރާއްޖޭގައި އޮތް ހަމަޖެހުން ނަގައިލުމަށް މަސައްކަތްކުރާ ސަބަބަކީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުވަމުންދާ ތަން ފެނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ. 

މިރޭ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ހަރުގެ ކޮންގުރެސް ހައުސްގައި ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ހުސްނީ ވިދާޅުވީ ނިމުނު އަހަރާއި މި އަހަރު ދައުލަތުގެ ބަޖެޓުން ހާސިލުވި ކަމެއް ނެތްކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ވާހަކަދައްކާއިރު، ފާއިތުވި މުއްދަތުގެ ތެރޭގައި ހާސިލުވި ކަންކަން ފެންނަ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ދީ، 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހުނުކަމަށާއި، ޒުވާނުންގެ ކަންކަން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ފެށުނު ވަތަނީ ހިދުމަތަކީ ގައުމުގެ ކުރިމަގަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަން އިދިކޮޅުންވެސް ގަބޫލުކޮށްފި ކަމަށެވެ. 

ގައުމުގައި ހަމަޖެހުމާއި ހަމަހިމޭންކަން އޮވެގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު އަޅުއްވަން ފައްޓަވާފައިވާ ހަރުދަނާ ފިޔަވަޅުތައް އެގޮތުގައި ތަންފީޒުކުރެވެމުންދާނަމަ، އިދިކޮޅު ޕާޓީތަކަށް ރާއްޖޭގައި ސިޔާސީ ކުރިމަގެއް ނޯންނާނެކަން އެ ޕާޓީތަކުންވެސް މިހާރު ގަބޫލުކުރާކަމަށާއި، ގައުމު ހަލަބޮލިކޮށް އަމާންކަން ނަގައިލަން އުޅެނީ އެ ސަބަބާހުރެ ކަމަށް ހުސްނީ ތުހުމަތުކުރެއްވިއެވެ. 

ހުސްނީ އިތުރަށް ވިދާޅުވީ ފެނަކައިގެ ކޮރަޕްޝަނުގެ ވާހަކަ ދެއްކުމުން އިދިކޮޅު އެމްޑީޕީން އަބަދުވެސް ބުނަމުންއައީ އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން އެކަންކަމުގެ ހަގީގަތް ފެނުމާއެކު، މިހާރު އޮޑިޓާ ޖެނެރަލް ސިޔާސީ ވެފައިވާކަމަށް ބުނެ، އޮޑިޓާ ޖެނެރަލްއާ މިހާރު ޖެހިގަނެގެން އޮޑިޓާ ޖެނެރަލަކީ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ދައްކަން އުޅެމުންދާކަމަށެވެ. 

އޮޑިޓު ރިޕޯޓުގައި ހުރި ކަންކަން ތަހުގީގުކުރެވި އެކަންކަން ބަލައި، އެ މައްސަލަތަކާ ގުޅިގެން ދައުވާކުރެވިގެންދާނެ ކަމަށާއި، އެ މައްސަލަަތަކުގައި ހުކުމްވެސް ކުރެވިގެންދާނެ ކަމަށް ވިދާޅުވުމާއެކު ހުސްނީ ފާހަގަކުރެއްވީ ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލައިގަ އެ ކުންފުނީގެ ކުރީގެ އެމްޑީ އަހްމަދު ސައީދުގެ އިތުރަށް އެވެރިކަމުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި، ސަރުކާރުގެ އެހެނިހެން ވެރިންގެ މައްސަލަތައްވެސް ބަލަންޖެހޭނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު