ENGLISH
29 އޮކްޓޯބަރު 2025
ގިނަ އަދަދެއްގެ ބަޔަކާއެކު ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާ ފަށައިފި
01 އޮކްޓޯބަރު 2025
|
ޕީއެންސީ ހަރުގެ ޖަލްސާގެ ބައެއް ބައިވެރިން ހަރުގެއިން ބޭރުގައި، ފޮޓޯ: ޕީއެންސީ
މިރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން އެ ޕާޓީގެ ހަރުގޭގައި ބާއްވާ ޖަލްސާ ގިނަ އަދަދެއްގެ ބަޔަކާއެކު ފަށައިފިއެވެ.
ހޯމަދުވަހު ކުއްލި ގޮތަަކަށް އިއުލާނުކުރި ޖަލްސާއަށް ހާޒިރުވި މީހުން ޕާޓީގެ ހަރުގެއާއި ހަރުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގާއި އާޓިފިޝަލް ބީޗުގެ ބޮޑު ސަރަހައްދެއް ފުރާލާފައިވާއިރު، މިއީ މިފަހުގެ ތާރީހެއްގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ އެއްވުމަކަށް މިހައި ގިނަ މީހުން ޖަމާވި ފުރަތަމަ ފަހަރެވެ.
މިރޭ ޖަލްސާ ފެށިގެން ކުރިއަށްދާއިރު މި ޖަލްސާގެ ތެރެއިން މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި އެހެނިހެން ބައެއް އާއްމުން ޕާޓީއާ ގުޅިފައިވެއެވެ.
މިރޭގެ ޖަލްސާގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހާއި މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.
ޖަލްސާގައި ފުރަތަމަ ވާހަކަދެއްކެވި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުވެސް ފާހަގަކުރެއްވީ އެހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕާޓީގެ މިފަދަ ހަރަކާތަކަށް އެހައި ގިނަ ބޭފުޅުން ވަޑައިގަތުމުން އެ ޕާޓީގެ މެންބަރުން އިތުރުވީ ސައްހަ ފޯމުތައް ފުރައިގެންކަން ސާބިތުވާ ކަމަށެވެ.
މިރޭގެ ޖަލްސަގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އަމާޒުކުރާ ތުހުމަތުތަކަށް ޖަލްސާގައި ވާހަކަދައްކަވާ ބޭފުޅުން ރައްދު ދެއްވާނެ ކަމުގައި ބެލެވެއެވެ. ހާއްސަކޮށް އަންނަ ހުކުރުދުވަހުގެ ރޭ "ލޫޓުވާލައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބާއްވާ އެއްވުމަށް މީހުން ގެންދިއުމަށް އެ ޕާޓީން ފަތުރަމުންދާ ވާހަކަތަކަށް ކޮންގުރެސްގެ އިސް ބޭފުޅުން ރައްދު ދެއްވާނެއެވެ.