ENGLISH
10 އޭޕްރީލު 2025
ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މުލަކުގައި ޚާއްސަ މަރުކަޒެއް ޤާއިމްކުރަނީ
26 ނޮވެމްބަރު 2024
|
ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަ މަރުކަޒެއް އުފައްދަން މ.މުލަކުން ބިން ދޫކުރަން ނިންމައިފި އެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި، މުލަކު ކައުންސިލުން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރަށުގެ ހުޅަނގު އުތުރު ފަޅިން، 53،000 އަކަފޫޓުގެ ބިން، ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.
މި ބިޑު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު 2014/18 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި ބީލަމަށް ރަޖިސްޓަރީވެވޭނެ ސުންގަޑިއަކީ ޑިސެންބަރު 05 ގެ 13:00 އެވެ. ބީލަން ފޯމްގެ އަގަކީ 3000ރ ކަމާއި ރަޖިސްޓަރީވުމަށް ޓްރާންސްފާ ސްލިޕް [email protected] އަށް މެއިލްކުރަންޖެހެ އެވެ.
ބިޑު ރަޖިސްޓަރީ ފޯމް ލިންކް:
https://forms.gle/47wj5S6pVmUEkJq68