ENGLISH

01 ނޮވެމްބަރު 2025

Advertisement

ނޫސްވެރިކަން ކުރިއެރުވުމަށް ރައީސްގެ ގެންގުޅުއްވާ ސިޔާސަތު ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުން ވެސް ބަލައިގަނޭ: މިނިސްޓަރު ޝިޔާމް

24 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

މިނިސްޓަރު ޝިޔާމް --

ރާއްޖޭގައި ނޫސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް ރައީސްގެ ގެންގުޅުއްވާ ފުރިހަމަ ސިޔާސަތު ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުން ވެސް ބަލައިގަންނަކަން ހާމަވެފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މީޑިއާ ބިލްގެ ސަބަބުން ރާއްޖޭގައި މިނިވަން ނޫސްވެރިކަމާއެކު އެ ދާއިރާ ހަރުދަނާ ވެގެން ދިޔަކަން ބަޔާންކޮށް ސްރީލަންކާގެ ޑެއިލީ މިރާގައި ޝާއިއުކޮށްފައިވާ ރިޕޯޓަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޑެއިލީ މިރާއަކީ ލަންކާގައި އެންމެ ނުފޫޒު ގަދަ އެންމެ މަގުބޫލު އެއް ނޫހެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ދަމަހައްޓައި، އެ ދާއިރާ ކުރިއަރުވައި ހަރުދަނާކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުންވެސް މިއަދު ވަނީ ބަލައިގަނެފައި ކަމަށެވެ.

އަދި މިކަމުން އެނގިހާމަވެގެން ދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅުއްވާނެ ބޭފުޅެއް ނޫން ކަމާއި އެ ދާއިރާ ހަރުދަނާ ކުރައްވާނެ ބޭފުޅެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"... މިއީ، ރާއްޖޭގައި ޒިންމާދާރު މިނިވަން ނޫސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް އެމަނިކުފާނު ގެންގުޅުއްވަނީ ފުރިހަމަ ސިޔާސަތުތަކެއްކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް," ޝިޔާމް ވިދާޅުވި އެވެ.

ތެދު ހަގީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދައްކައި ލިޔުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު ފާސްކުރުމުން ބައެއް މީޑިއާތަކާއި ނޫސްވެރީން ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް އެ ޤާނޫނު ފާސްކުރީ ހުރިހާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު