ENGLISH
18 ޖޫން 2026
މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކި: ބީއެމްއެލް
18 ޖޫން 2026
|
ބީއެމްއެލްގެ ޑޮލަރު އޭޓީއެމަކުން މީހަކު މުއާމަލާތެއް ހިންގަނީ --
އެންމެ މަޤްބޫލު
މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މީގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ކާޑު މުއާމަލާތްތަކަށެވެ.
ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައި ވެއެވެ. އަދި މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.
ބޭންކުގެ އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެމުން ދަނީ ބީއެމްއެލުންނެވެ.