ENGLISH

02 ނޮވެމްބަރު 2025

Advertisement

ޝާރުޖާ ނެރޭޓަރސް ފޯރަމް ޝަރަފުވެރިކޮށް ދެއްވާނީ ވަޒީރު ނަޞީރު

21 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ވަޒީރު އާދަމް ނަސީރު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

އެކުވެރި އަރަބި އިމާރާތުގެ ޝާރުޖާގައި ބާއްވާ "ޝާރުޖާ ނެރޭޓާރސް ފޯރަމް" ގެ 25ވަނަ ސެޝަން ޝަރަފުވެރިކޮށް ދެއްވުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ޝާރުޖާއަށް ފުރާވަޑައިގެންފި އެވެ. 

މި މަހު 22 އިން 26 އަށް ވަޒީރާއި ވަފުދުގެ ބޭފުޅުން ކުރައްވާ ދަތުރުފުޅާ ގުޅޭ ހުރިހާ ޚަރަދެއް ކުރާނީ ޝާރުޖާގެ ފަރާތުންނެވެ. މި ދަޢުވަތަކީ ޝާރްޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުން ދެއްވާފައިވާ ދަޢުވަތެކެވެ.

"ދަތުރުވެރީންގެ ވާހަކަ" މި ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމުގެ މަޤްޞަދުތަކުގެ ތެރޭގައި އެކި ޤައުމުތަކުގެ ތާރީޚާއި ސަޤާފަތާއި އާދަކާދަތައް ބޭރުދުނިޔެއަށް ދައްކުވައިދިނުމުގެ އިތުރުން، ފަންނުވެރީންގެ ހުނަރުތައް ކުރިއެރުވުން ހިމެނެއެވެ. މިގޮތުން މި ފޯރަމުގައި ރާއްޖެ ބައިވެރިވެރިވެފައިވާއިރު މީގެ ސަބަބުން ރާއްޖޭގެ ތަރިކައާއި މާދަރީބަހުގެ ޢިލްމުވެރީންނާއި، ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބި ފަންނުވެރީންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ވެސް ވަނީ ލިބިފައެވެ.

މިގޮތުން މި ދަތުރުގައި ވަޒީރާ އެކު ރާއްޖޭގެ ސަޤާފީތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރެއްވުމަށް ތަޖުރިބާ އާއި ހުނަރުގެ ގޮތުން ލާމަސީލު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ "ޤައުމީ ޚަޒާނާ"އެއްގެ ގޮތުގައި ބަލައިގަންނަ ފެންވަރުގެ ޝަޚްސިއްޔަތެއް، ރާއްޖޭގެ ސަޤާފީ ތަރިކަ ދިރުވައި އާލާކުރުމުގެ މަތިވެރި މަޤްސަދުގައި ޢިލްމީ ދިރާސާ މަސައްކަތްތަކެއް ކޮށްފައިވާ އަދި އެ ރޮނގުން ހޯދުންތަކެއް ހޯދާ ޝާއިޢުކޮށްފައިވާ ފަރާތެއްގެ އިތުރުން ދިވެހި ސަގާފަތް ދައްކުވައިދޭ ފަންނުވެރީންތަކެއްގެ ހުށަހެޅުން ހުށައަޅަދޭނެ ފަރާތްތަކެއް ވެސް ބައިވެރިވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު