ENGLISH

19 ޖޫން 2026

Advertisement

"މަސްވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ"

19 ޖޫން 2026

|

އައިމިނަތު ޝަފާ

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދިވެހި އިޤްތިޞާދު ވެއްޓިފައި އޮތް އަނދަވަޅުގެ އެންމެ ފުނުން މަސްވެރިކަމުގެ  ސިނާއަތް ނަގައި ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ ދެ ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކަރުން އެންމެ އިސްކަމެއް ދެނީ މުޅި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް އަލުން ނަގާ ކޮޅަށް ޖަހަން ކަމަށެވެ. ރައީސް ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެއްވުނު މަސައްކަތްތަކުގެ ނަތީޖާގެ ތެރެއިން މިހާރުވެސް ކާމިޔާބުތަކެއް ހާސިލުކުރެއްވިފައިވާކަމަށެވެ. އެގޮތުން މިފްކޯއަށް މަސްގަންނަ އަގު 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ އަމާޒުކަމަށާ، އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭގޮތެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ސިނާއަތް ރާއްޖޭގެ އިގްތިސޯދު ފުޅާ ކުރުމަށް ބަލާ އިރު މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ސިނާއަތް އެއީ އަޅުގަނޑުމެންނަށް ފެނިފައި އޮތީ މީގެ ކުރިން މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް އިހުމާލުވެފައި އޮތްތަން، ކޯލްޑްސްޓޯރޭޖް ނޫނިއްޔާ ސްޓޯކުރުމުގެ ކަންތައް ކެޕޭސިޓީ ބޮޑުކުރުމުގެ ކަންތަކުގަ ސަރުކާރުން މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެޕޭސިޓީ އިތުރުކުރުމަށް އެކިކަހަލަ މަޝްރޫއުތައް މިވަނީ ފަށާފައި،". ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ، އަދި އެންމެ ރަނގަޅު އަގެއް ދެވޭނީ މިކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަން ހާސިލުކުރުމުގެ މަސައްކަތްތައް، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވެވުމާއެކުގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު މަދުވެފައި އޮތް އޮތުމަށްވެސް ބަދަލުތަކެއް ގެންނަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެތައް ބަޔަކަށް ވަޒީފާދެވި، ގިނަ ރައްޔިތުންތަކެއް އެގޮތުގައި ހިފެހެއްޓިފައި ތިބުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ހީނަރުކަން ކުރިމަތިވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް އޭގެ އެންމެ ރަނގަޅު ސައިޒަށް ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ހެޔޮ އަސަރުތައް މަސްވެރިކަމުގެ ސިނާއަތްވެސް ހިމެނޭހެން، ރާއްޖޭގެ އިގްތިސާދަށް ކުރަން ފަށާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު