ENGLISH

02 ނޮވެމްބަރު 2025

Advertisement

ވީއައިއޭގެ އައު ޓާމިނަލުން ބެއިޖިން ކެޕިޓަލް އެއާލަައިނަށް ހިދުމަތް ދޭން ފަށައިފި

21 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ބެއިޖިން ކެޕިޓަލްސް އެއާލައިނަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތު، ފޮޓޯ: އެމްއޭސީއެލް

މި އަހަރުގެ މިނިވަން ދުވަހު އިފުތިތާހުކުރެވުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން ބެއިޖިން ކެޕިޓަލް އެއާލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ. 

ބެއިޖިން ކެޕިޓަަލް އެއާލައިނަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުމާއެކު، މިހާރު ފަސް އެއާލައިނަކުން ދަތުރުކުރާ ފަސިންޖަރުންނަށް އެ ޓާމިނަލުން ހިދުމަތް ލިބޭނެއެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންއާއި، އެއާ އަރަބިއާއާއި، ބިއޯންޑް އެއާލައިން އަދި ފިޓްސް އެއާގެ އިތުރަށް މިއަދު ހިދުމަތް ދޭން ފެށި ބެއިޖިން ކެޕިޓަަލްއެވެ. 

މިއަދު އައު ޓާމިނަލުން ހިދުމަތް ދޭން ފެށި ބެއިޖިން ކެޕިޓަލްއަކީ އެ ޓާމިނަލުން ހިދުމަތް ދޭ ޗައިނާއަށް ނިސްބަތްވާ ފުރަތަމަ އެއާލައިންއެވެ. 

ބެއިޖން ކެޕިޓަލް އެއާލައިންސްއަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އައު ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒު މަންސޫރާއި އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތު ޝަރަފުވެރިކޮަަށްދެއްްވީ އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ އާދިލް މޫސާއެވެ. 

ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ކިޔުންތެރިންގެ ހިޔާލު