ENGLISH

02 ނޮވެމްބަރު 2025

Advertisement

ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން، ފޮޓޯ: ހެލްތު މިނިސްޓްރީ

ފަސް ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އިމާރާތްތައް ތަރައްގީކޮށް ބިނާކުރުމުގެ މަސައްކަތް ދައުލަތުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. 

ހެލްތު މިނިސްޓްރީން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މި ފަސް ރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކުރީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)އާއެވެ. 

އޭގެ ތެރެއިން ވެމްކޯއާ ހަވާލުކުރީ ތ.ގުރައިދޫއާއި، ތ.މަޑިފުއްޓާއި، އެ އަތޮޅު ގާދިއްފުށީ ސިއްހީ މަރުކަޒުގެ މަސައްކަތެވެ. ގުރައިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތް އެޅުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށެވެ . އެ މަޝްރޫއު ނިންމަންޖެހޭނީ 325 ދުވަހުންނެވެ. 

ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން، ފޮޓޯ: ހެލްތު މިނިސްޓްރީ 

ގާދިއްފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތް އެޅުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް 325 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. އަދި މަޑިފުށީ ސިއްހީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތް އެޅުމަށް ވެމްކޯއާ ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް 325 ދުވަސް ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. 

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އދ.ކުނބުރުދޫއާއި ފ.ފީއަލީ ސިއްހީ މަރުކަޒަށް އަލަަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ކުރުމެވެ. އެ މަޝްރޫއުތަކުގެ ތެރެއިން ކުނބުރުދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރީ 8.2 މިލިއަން ރުފިޔާއަށް 300 ދުވަހުން ނިންމާ ގޮތަށެވެ. ފީއަލީ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ 21.6 މިލިއަން ރުފިޔާއަށް 360 ދުވަހުން ނިންމާ ގޮތަށެވެ. 

ސަރުކާރުން އަންނަނީ ރަށްރަށުގައި ގާއިމުކުރަންޖެހޭ އުމްރާާނީ ވަސީލަތްތައް ގާއިމުކުރުމަށް ބިނާކުރަންޖެހޭ ބިނާރުތަކުގެ މަސައްކަތް ދައުލަތުގެ ކުންފުނިތަކާ ހަވާލުކުރަމުންނެވެ. އެ މަސައްކަތްތައް ރަށްރަށުގައި ފެށިގެން ކުރިއަށްދާއިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް ރަށްފުށުގައި އެއް އަހަރު ތެރޭ އެންމެ ގިނަ މަޝްރޫއު ފެށިގެންދާ އަހަރަށްވާނެ ކަމުގައި ބެލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު