ENGLISH

02 ނޮވެމްބަރު 2025

Advertisement

ފަރުވާ ދެނިކޮށް ނަރުހުންނަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފި

21 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ނަރުހުންނަށް ބިރު ދެއްކި މީހާ --

ފަރުވާ ދެނިކޮށް ނަރުހުންނަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި މަހުގެ 14 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މާރާމާރީއެއްގައި ގދ. ވާދޫ, އުމުރުން 28 އަހަރުގެ ލޫތު އިބްރާހިމަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް އެ ދުވަހުގެ މެންދުރު ވަގުތެއްގައި އޭނާއަށް ފަރުވަ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށެވެ.

އަދި އޭނާގެ ޖީބުން ވަޅިއެއްވެސް ފެނިފައިވާ ކަމަށެވެ. އެ މައްސަލާގައި މި މަހުގެ 19 ވަނަ ދުވަހު އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އޭނާ ހައްޔަރު ކުރީ ކޯޓުން އަމުރެއް ހޯދައިގެންނެވެ.

އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާއިރު އޭނާގެ ފޮޓޯއާ ވަނަވަރު ވަނީ އާންމުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު