ENGLISH

02 ނޮވެމްބަރު 2025

Advertisement

ރޭ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ބަޔަކު ސަބްސްޓޭޝަނަކަށް ގެއްލުންދޭން އުޅުމުގެ ސަބަބުން

21 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ހިޔާ ފުލެޓުތަކުން ކަރަންޓު ކެނޑުނު، ފޮޓޯ: މިހާރު

ރޭ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ގެއްލުން ދިނުމަށް ބަޔަކު އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާއެއް އޮފްވެގެންކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

ސްޓެލްކޯއިން ބބުނި ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެން އަދި ހިޔާ ފުލެޓުތަކުގެ ބައެއް ޓަވަރުތަކުން ރޭ ދަންވަރު ކަރަންޓު ކެނޑުނު ކަމަށެވެ. އެގޮތުން ކަރަންޓު ކެނޑުނީ މެންދަމުން އަލިވެ 3:30 ހާއިރު ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެ ކުންފުނިން ބުނެފައިވަނީ އެ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ސަބްސްޓޭޝަނަކަށް ގެއްލުންދޭން ބަޔަކު މަސައްކަތްކުރުމުގެ ތެރޭގައި އެ ސަބްސްޓޭޝަނުގެ ނެޓްވޯކް ފީޑަރެއް ނިވިގެން ކަމުގައެވެ. 

މިކަމާ ގުޅިގެން ކުރެވުނު މަސައްކަތްތަކުން އަނބުރާ ކަރަންޓުގެ ހިދުމަތް އިއާދަކުރެވުނީ ފަތިހު 4:56 ހާއިރު ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ ސަބްސްޓޭޝަނަށް ގެއްލުންދިން މީހުންގެ މައްސަލަ ކަމާ ބެހޭ ފަރާތަށް މިހާރު ހުށަހަޅައި، އެ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ކަމާ ބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. 

 މިފަދަ ކަންކަމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ގިނަ ބަޔަކު ބޮޑެތި ތަކުލީފުތައް އުފުލަންޖެހޭ ކަމެއް ކަމަށާއި، އަދި އެކަންކުރާ މީހުންގެ އަމިއްލަ ފުރާނައަށްވެސް އެކަމުގެ ސަބަބުން ނުރައްކާވާނެ ކަމުގައިވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. 

އެއާއެކު އެފަދަ ނުރައްކާތެރި ކަންކަން ކުރާ މީހުންގެ އަމަލުތައް ހުއްޓުވުމަށްޓަކައި، އަދި އެފަދ އަމަލުތައް ތަކުރާރުވިޔަނުދިނުމަށް މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރަމުން ގެންދިއުމަށް ސްޓެލްކޯއިން އެދިފައިވެއެވެ. 

އެ ކުންފުނިންވަނީ އެ ހާދިސާއާ ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު