ENGLISH

02 ނޮވެމްބަރު 2025

Advertisement

ދަރަނބޫދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ޞިއްޙީ މަރުކަޒާއި ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

21 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފ. ދަރަނބޫދޫއަށް ވަޑައިގެން އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އިތުރު ދެ މަޝްރޫޢެއްގެ ފެށުން އިފްތިތާހުކޮށްދެއްވައިފިއެވެ. 

އޭޓީއެމްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ދަރަނބޫދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަރިހުގައި ބީއެމްއެލްގެ ޗެއާޕަރސަން އަދި މެނޭޖިން ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ. 

ދަރަނބޫދޫގެ ޞިއްޙި ނިޒާމު އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އެރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ ޢަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ. 

ދަރަނބޫދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. 

ތިން މަޝްރޫޢު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފާޠިމަތު ސަޢުދާ ބައިވެރިވަޑައިގެންނެވިއެވެ. 

ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެރަށަކަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ރައްޔިތުންގެ މަޝްވަރާއާއެކު ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު