ENGLISH
02 ނޮވެމްބަރު 2025
ރައީސް، ނިލަންދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
21 ސެޕްޓެމްބަރު 2025
|
ރައީސް، ނިލަންދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަަަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންނާއި ބައްދަލު ކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފަ އެވެ. މި ގޮތުން ކައުންސިލުން ވަނީ މިހާރު ތަރައްޤީކުރަން ފަށާފައިވާ އެއާޕޯޓް އަވަހަށް ނިންމައިދިނުމާއި، އެއާޕޯޓް މަޝްރޫޢުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމަށް އެދިވަޑައިގެންނެވި އެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާގެ މައްސަލަ އަދިޮ ކަރަންޓު ނެޓްވޯރކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ރަށުގައި ޞިއްޙީ ޚިދުމަތް ރަގަޅުކޮށްދެއްވުމާއި 500 ހައުސިންގ ޔުނިޓް އަޅައިދެއްވުމުގެ އިތުރުން ރަނގަޅުފެންވަރަށް މަގު ހައްދަވައިދެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާ ކުރައްވާފަ އެވެ.