ENGLISH

02 ނޮވެމްބަރު 2025

Advertisement

ފީއަލީ ބަނދަރު ތަރައްގީކުރުމާައި ޖެޓީ އެޅުމުގެ މަޝްރޫއާއި ފުޓްސަލް ދަނޑެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

20 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފީއަލީ ފުޓްސަލް ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ރައީސް އޮފީސް

ފ.ފީއަލީގެ ބަނދަރު ތަރައްގީކުރުމާއެކު އެ ރަށުގައި ޖެޓީއެއް އެޅުމަށާއި، ފުޓްސަލް ދަނޑެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފީއައްޔަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި މި ދެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައުދީއެވެ. 

ބަނދަރު ތަރައްގީކުރުމާއި ޖެޓީ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ސޮއިކުރެއްވި އެއްބސްވުމުގެ ދަށުން 34،674 ކިއުބިކް މީޓަރު ކޮނުމާއި، 301 މީޓަރުގެ ބްރޭކްވޯޓާ އެޅުމާއި، 19 މީޓަރުގެ ރިވެޓެމެންޓު ޖެހުމާއި 40 މީޓަރުގެ ގްރޯއީން ތަރައްގީކުރުމާއި 374 މީޓަރުގެ ބޭރު ތޮށިލުން ހިމެނެއެވެ. އަދި 20 މީޓަރުގެ ޖެޓީއެއްވެސް އަޅާނެއެވެ. 

މި މަޝްރޫއަކީ 60.17 މިލިއަން ރުފިޔާ ހަރަދުވާނެ މަޝްރޫއެކެވެ. އަދި އެމްޓީސީސީއާ މަޝްރޫއު ހަވާލުކޮށްފައިވަނީ 550 ދުވަހުގެ މުހުލަތެއްގެ ތެރޭގައި މުޅި މަޝްރޫއު ނިންމާ ގޮތަށެވެ. 

ދެވަނަ އެއްބަސްވުމުގައި ކުޅިވަރާއި ދުޅަހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ރާފިއުއެވެ. އެ އެއްބަސްވުމުގެ ދަށުން ފުޓްސަލް ދަނޑެއް ފީއަލީގައި އަޅާއިރު، ވަށައި ފާރު ރާނައި ލައިޓު ހަރުކޮށް ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށް ދަނޑު އަޅަނީ 1.61 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއު 120 ދުވަހުގެ ތެރޭގައި ނިންމެންޖެހެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަނީ ފަށްޓަވައިދެއްވަމުންނެވެ. އޭގެ ތެރޭގައި ޕޮލިސް ސްޓޭޝަންތަކާއި ރެކްރިއޭޝަން ސެންޓަރުތަކާއި، ހޮސްޕިޓާ އަދި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު