ENGLISH

02 ނޮވެމްބަރު 2025

Advertisement

ފީއަލީ އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވައި، ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައިފި

20 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފީއަލިން މަރުހަބާ ދެންނެވުން؛ ފޮޓޯ: ރައީސް އޮފީސް

ފ.ފީއަލީގައި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފަށައި، އެ ރަށުގައި ގާއިމުކުރި އޭޓީއެމްގެ ހިދުމަތް މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ. 

މިއަދު ފ.އަތޮޅު މީހުންގެ ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ފީއައްޔަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގެ އޭޓީއެމް އިފްތިތާހުކޮށްދެއްވައި ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ.މުޢިއްޒެވެ. 

ބީއެމްއެލްއިން ފީއަލީގައި ގާއިމުކުރި މި އޭޓީއެމްއަކީ ރައީސް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވެވަޑައިގެނންެވި ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކުރުމަށް ބީއެމްއެލްއިން ހިންގަމުންދާ ބޮޑު މަޝްރޫއުގެ ތެރެއިން ބެހެއްޓި އޭޓީއެމްއެކެވެ. 

ސަރުކާރާއި ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްްޓުމެވެ. އެ މަސައްކަތުގެ ތެރެއިން މިހާރު 12 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމާފަައިވެއެވެ. 

އޭޓީއެމްގެ އިތުރަށް ފީއަލީގައި އަލަށް ގާއިމުކުރާ ޕޮލިސް ސްޓޭޝަނުގެ ބިންގާ މިއަދު އަޅުއްވާފައިވެއެވެ. އެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުރިއަށްދާ މަޝްރޫއެކެވެ. އެ މަޝްރޫއު ހިންގަނީ ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްެގެންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަނީ ފަށްޓަވައިދެއްވަމުންނެވެ. އޭގެ ތެރޭގައި ޕޮލިސް ސްޓޭޝަންތަކާއި ރެކްރިއޭޝަން ސެންޓަރުތަކާއި، ހޮސްޕިޓާ އަދި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު