ENGLISH

02 ނޮވެމްބަރު 2025

Advertisement

ރަށްރަށުން ކުންފުނިތައް ފައިބާނީ ހަވާލުކުރި މަސައްކަތްތައް ނިންމާފައި: ރައީސް

20 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ބިލެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވަައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގައި ސަރުކާރު ކުންފުނިތަކާ ހިންގަން ހަވާލުކުރާ ތަރައްގީގެ މަޝްރޫއުތަައް ނިންމުމަށްފަހު ނޫނީ އެ ރަށްރަށުން ކުންފުނިތައް ނުފައިބާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ވ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ފ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ބިލެއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

މިއަދު ރައީސްގެ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ޕޮލިސް ޕޯސްޓާއި، ފިޓްނަސް ރިކްރިއޭޝަން ސެންޓަރާއި، ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ބަނދަރުގެ އަމަލީ މަސައްކަތް ފެށިފައިވެއެވެ. އަދި ރަށުގެ މަގު ހެދުމާއި، އައުޓް ޑޯ ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. 

އެ ރަށުގައި ހިންގަން ފެށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތަކީ ބަނދަރު ފުޅާކޮށް ޖާގަ ތަނަވަސްކުރެވެން އޮތް އެންމެ ބޮޑު މިންވަަރަށް ތަނަވަސްކޮށް ރައްޔިތުން އެދޭ ގޮތަށް ކުރިއަށްގެންދާނެ މަސައްކަތެއް ކަމަށެވެ. 

އޭގެ އިތުރަށް ރަށުގެ ބިން ބޮޑުކޮށް ޖާގަ އިތުރުކުރުމުގެ ގޮތުން ބިލެއްދޫ ފަޅުގެ ތެރެއިން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކުމުގެ މަޝްރޫއެއް ބަނދަރުގެ މަސައްކަތާ އެކީގައި ކުރިއަށްގެންގޮސްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ފަރުގެ އެންމެ ދުރުން ފެށިގެން ދޫކުރަންޖެހޭ ޖާގައެއް އޮންނަކަމަށާއި، އެއީ ރައްކަލަކަށްޓަކައި ކުރަންޖެހޭ ކަމަކަށްވާތީ އެންމެ ކުޑަ މިނުން ބާއްވަންޖެހޭ މިންވަރަށް އެ ޖާގަ ބޭއްވުމަށްފަހު، ރަށުގެ ބިމަށް ބިން އިތުރުކުރެވެން އޮތް މިންވަރަށް އެކަން ކުރައްވާނެ ކަމަށް އެމަނިިކުފާނު ވިދާޅުވިއެވެ. 

އަަދި އަންނަ އަހަރުގެ ބަޖެޓުގައި އިތުރު މަޝްރޫއުތައް ހިމަނުއްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ ބިލެއްދޫގެ ބިން ހިއްކުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސެވުން ކަމަށެވެ. އެއާއެކު އެމަނިކުފާނުވަނީ މިއަދު އެ ރަށުގައި އަމަލީ ގޮތުން ފެށުނު މަޝްރޫއުތަކާއި، މަސައްކަތް ހަވާލުކުރެވި އެއްބަސްވުން ގާއިމުކުރެވުނު ހުރިހާ މަޝްރޫއެއްގެ މަސައްކަތް މަޑުނުޖެހި އަންނަ އަހަރުވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް ދެއްވާފައެވެ. 

ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަަލީ މަސައްކަތް ފެށިގެންދާއިރު އަނެއްބައި މަސައްކަތްތައް ދައުލަތުގެ އެކި ކުންފުނިތަކާ ހަވާލުކުރެެވި އެއްބަސްވުންތައް ގާއިމުކުރެވެމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު